ޕްލޭނިން މިނިސްޓްރީއަށް އިތުރު ސިޔާސީ ބޭފުޅަކު އައްޔަންކޮށްފި

އަމީޒު ހަސަން (ކަނާތް ފަރާތު)

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް އިތުރު ސިޔާސީ ވެރިޔަކު އައްޔަންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިޔާސީ ބޭފުޅަކު އައްޔަންކޮށްފައި ވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ.

އެ މަގާމަށް އައްޔަންކޮށްފައި ވަނީ އަހާޝް، ގއ. ވިލިނގިލި، އަމީޒް ހަސަން އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވުމަށް ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރުމަށް ރައީސަށް ިބިވަޑައިގަންނަވާ ބާރުގެ ދަށުން، އޭނާ އެ މަގާމަށް އައްޔަކުރިކަން، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ސޮއިކުރައްވައި އަމީޒް ހަސަނަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަންގައިފަ އެވެ.

އަމީޒް ހަސަން އަކީ ވިލިނގިލީގެ އެމްޑީޕީ އިސް އެކްޓިވިސްޓެކެވެ.

comment ކޮމެންޓް