މިއަދު 98 މީހުން ކޮވިޑަށް ޕޮޒިޓިވް

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 98 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ނަންބަރުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 78 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ހަ މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ ޖުމުލަ އަދަދު 20،663 އަށް ވަނީ އަރާފަ އެވެ.

މިހާރު ހުރި އެކްޓިވް ކޭސްތަކުގެ އަދަދަކީ 2613 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދަނީ 161 މީހުންނަށެވެ.

މިއަދު 143 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،979 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 64 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް