މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާނީ އައްޑޫގައި

އައްޑޫ ނޭޗާރ ޕާކާއި އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ އައްޑޫ ސިޓީގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ފާހަގަކުރަން އިސްނެގީ އައްޑޫ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެކަމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮވިޑް19 އާ ގުޅިގެން މިދިޔަ އަހަރު އެ ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރެވުނު ނަމަވެސް 2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ވަނީ ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އެގޮތުން ބައެއް ހަރަކާތްތައް އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި ރާއްޖެއިން ވަނީ ފްރީޑައިވް ވޯލްޑް ރެކޯޑްވެސް ހަދައިފަ އެވެ.

comment ކޮމެންޓް