މޮޓޯ އިންޝުއަރަންސާއި އެކު އިތުރު ކަވަރޭޖް މުހިންމުތަ؟

ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަގުބޮޑެތި ވެހިކަލްތައް ގެއްލި، ވަގަށް ނަގާކަމުގެ ވާހަކަތައް މަދުން ނަމަވެސް އިވެއެވެ. މިއީ އެތައް ހަރަދެއް ކޮށްގެން ފަސޭހަ އަކަށް ކުރާ އިންވެސްޓްމެންޓު ގެއްލި، އަލުން ފެނިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނުލިބިދާނެ ބޮޑު މާޔޫސްކަމެެކެވެ.

މިފަދަ މާޔޫސްކަމަކުން އަރައިގަނެ ގެއްލުން ކުޑަކުރެވިދާނެ އެއް ގޮތަކީ ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސެވެ. ތާޑް ޕާޓީ އިންޝުއަރެންސާއެކު އިތުރު ފައިދާތައް ހިމެނޭ ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސަކީ، ތާޑް ޕާޓީ އިންޝުއަރަންސްގެ އިތުރުން ވެހިލަކަށް ލިބޭ ގެއްލުން އަދި އެކްސިޑެންޓުގައި މީހާއަށް ލިބޭ ގެއްލުންވެސް ކަވަރުކޮށްދޭ އިންޝުއަރަންސް ޕްލޭނެކެވެ.

ކޮމްޕްރިހެންސިވް އިންޝުއަރަންސްއަކީ ގާނޫނުން ލާޒިމް ކުރާ އިންޝުއަރަންސް އެއް ނޫން ނަމަވެސް، ދުއްވާ އުޅަނދަށާއި، މީހާ އަށްވެސް އޭގެ ފައިދާ ކުރާނެ އިންޝުއަރަންސެކެވެ.

ކޮމްޕްރިހެންސިވް އިންޝުއަރަންސްގައި ތިންވަނަ ފަރާތާއި އޭނާގެ މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން އަމިއްލަ މީހާއާއި އުޅަނދަށް ލިބޭ ގެއްލުން ކަވަރު ކުރާނެއެވެ.

ކޮމްޕްރިހެންސިވް އިންޝުއަރަންސްގައިވާ އިތުރު ފައިދާއަކީ އެޑްއޮންގެ ގޮތުގައި ތެފްޓް ކަވާ ހިމެނުމެވެ. ކުރިން ފާހަގަކުރިހެން ވެހިކަލް ވަގަށް ނެގުމުން ލިބޭ ގެއްލުން ކުޑަކުރުމަށް މިއީ މުހިއްމު ޕްލޭނެކެވެ.

ހާއްސަކޮށް ދުއްވާ އުޅަނދަކީ އާ އުޅަނދެއްނަމަ، ކޮމްޕްރިހެންސިވް އިންޝުއަރަންސް މުހިއްމުވަނީ ތިންވަނަ ފަރާތަށް ލިބޭ ގެއްލުމާއި އެކު އަމިއްލަ މީހާ އަށާއި އުޅަނދަށް ލިބޭ ގެއްލުންވެސް ކަވަރު ކުރާނެތީ އެވެ. މީހާއަށާއި ވެހިކަލަށ ލިބޭ ގެއްލުމުގެ ބަދަލު ކަވަރޭޖް ލިމިޓުތަކާއި ހަމައަށް ލިބޭނެތީ އެވެ.

އެލައިޑް އިންޝުއަރަންސް އިން ކޮމްޕްރިހެންސިވް އިންޝުއަރަންސް ނަގާނަމަ އެޑްއޮންގެ ގޮތުގައި ތެފްޓް ނުވަތަ ވަގަށް ނަގާ އުޅަނދުގެ އިންޝުއަރަންސް ހިމަނައިގެންވެސް ނެގިދާނެއެވެ.

އެލައިޑްގެ ކޮމްޕްރިހެންސިވް އިންޝުއަރަންސް އާ ގުޅޭ އިތުރު މައުލޫމާތު 1600 އިން ލިބޭނެއެވެ.

comment ކޮމެންޓް