ވަރުންގެ "ބޭޅިޔާ"ގެ ޝޫޓިން ފަށައިފި

ބޭޅިޔާގެ ޝޫޓިން ފަށައިފި---

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެކްޓަރުން ތެރޭ ހިމެނޭ ވަރުން ދަވަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބޭޅިޔާ"ގެ ޝޫޓިން ފަށައިފި އެވެ.

ވަރުން އާ ކްރިތީ އެކުގައި ފެނިގެންދާ މި ފިލްމަކީ މިދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ދެވަނަ ފިލްމެވެ. ކްރިތީ އާ ވަރުން ވަނީ މީގެ ކުރިން "ދިލްވާލޭ"ގައި މަސައްކަތްކޮށްފަ އެވެ. ބޭޅިޔާ އަކީ ވަރުން ދެ ރޯލަކުން ފެންނަ ފިލްމެކެވެ. އެއީ ވެއާވުލްފް އެއްގެ ރޯލާ އިންސާނެއްގެ ރޯލެވެ.

ބޭޅިޔާ އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް އަމަރު ކޯޝިކް ޑައިރެކްޓްކުރާ ބިރުވެރި ކޮމެޑީއެކެވެ އަރްނަޗަލް ޕްރަދޭޝްގައި މި ފިލްމުގެ މަންޒަުތައް ނަގަން ފަށާފައިވާ އިރު މި ފިލްމަކީ ކައިވެންޏަށް ފަހު ވަރުން ކުޅޭ ފުރަތަމަ ފިލްމެކެވެ. މި ފިލްމަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ސްކްރީންކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

comment ކޮމެންޓް