ކޮވިޑް19 ގައި ރާއްޖެއިން 63 ވަނަ މީހަކު މަރުވެއްޖެ

އަޅާފައިވާ ފިޔަވަޅުތަކާއެކު، މާލެއަށް ހިމޭންކަން ވެރިވެފައިވާ މަންޒަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މަރުވީ 67 އަހަރުގެ ފިރިހެނެކެވެ.

މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 63 ވަނަ މީހާއެވެ. އެޗްޕީއޭއިން ބުނީ މިއަދު ފަތިހު 5:30 ގައި ހަބަރު ހުސްވެފައި ހުރި ހާލުގައި މި މީހާ އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ގެނައީ ކަަމަށާއި އޭނާ މަރުވީ ހެނދުނު 6:00 ގައި ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިންް 63 ވަނަ މީހަކު މަރުވި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20،000 ހުރަސްކޮށްފަ އެވެ.

އިއްޔެގެ ހަވީރު ހަޔަކާ ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓވްވި މީހުންގެ ޖުމްލަ ވަނީ 20،144 އަށް އަރައިފަ އެވެ. ބައްޔަށް ފަރުވާ ހޯދާ 2،605 މީހުން ތިބިއިރު 186 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.

https://sun.mv/149715

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 17،470 އެވެ.

ކޮވިޑް19ގެ ތިންވަނަ ރާޅެއް ބިންދާލާފައިވާއިރު ވެރިރަށް މާލޭގެ ހާލަތު ނާޒުކު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުވެސް އަދަދުތައް ދަށަށް ނުދާތީ، އިތުރު ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން ދަނީ ވިސްނަމުންނެވެ.

comment ކޮމެންޓް