ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ ބަތަލު ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ދަމާކާ"ގެ ޓީޒާ ދައްކާލައިފި އެވެ.
މި ފިލްމަކީ ނެޓްފްލިކްސްގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާމް މަދުވާނީ ޑައިރެކްޓްކުރާ ފިލްމެކެވެ. ދަމާކާ ވެގެންދާނީ ކާތިކްގެ މިއަހަރުގެ ފުރަތަމަ ފިލްމަށެވެ. އެ ފިލްމުގައި ކާތިކް ފެންނާނީ ވަރުގަދަ ނޫސްވެރިއެއްގެ ރޯލުންނެވެ. ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ގެނެސްދޭ މި ފިލްމަކީ ތްރިލާ ޖޯންރާ އަށް ތައްޔާރުކުރާ ފިލްމެކެވެ.
މި ފިލްމުގެ ޝޫޓިން ކާތިކް ވަނީ އެންމެ 10 ދުވަހުގެ ތެރޭގައި ނިންމާލާފައެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. އެކްޓަރު ކާތިކްގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އަދި "ދޯސްތާނާ 2" ހިމެނެެ އެވެ.