ފިލްމު "ސައިނާ"ގެ ޓީޒާ ދައްކާލައިފި، ފިލްމު މި މަހު ސިނަމާތަކަށް

ޕަރިނީތީ ގެ ފިލްމު ދައްކާނީ މި މަހު---

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސައިނާ"ގެ ޓީޒާ ދައްކާލާ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ޓީޒާ ދައްކާލާފައިވާއިރު ޓިޒާ އާންމުކުރުމަށްފަހު ޕަރިނީތީ ބުނީ ސައިނާ އަކީ ޖެހިލުން ކުޑަ އެތުލީޓެއް ކަމަށެވެ. މި ފިލްމު ރިލީޒްކުރާނީ މި މަހުގެ 26 ވަނަ ދުވަހު ސިނަމާތަކުގައެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ޕަރިނީތީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބެޑްމިންޓަން ޓްރެއިން ހަދާފަ އެވެ. އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ. މި ފިލްމު އެންމެ ފުރަތަމަ ކުޅެން ދިނީ ޝްރައްދާ ކަޕޫރަށެވެ. ޝްރައްދާ އާއެކު މި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ޝްރައްދާގެ ޝޫޓިން ޝެޑިއުލް އާ މި ފިލްމުގެ ޝޫޓިން ޝެޑިއުލް ދިމާނުވާތީ ސައިނާ ފިލްމު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

comment ކޮމެންޓް