އެސްޓީއޯ އިން ހިޓާޗީ އޭސީގެ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ އިން ވަނީ ހިޓާޗީ އޭސީގެ ޕްރޮމޯޝަނެއް ފަށާފައި --- ފޮޓޯ: އެސްޓީއޯ

ހިޓާޗީ އެއާ ކޮންޑިޝަނާގެ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފިއެވެ.

"ފިނި ފިނި ހިޓާޗީ" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގެ ދަށުން ގަންނަ 24،000 ބީޓީޔޫގެ ކޮންމެ ފަސް އޭސީ އަކަށް 12،000 ބީޓީޔޫގެ އޭސީ އެއް ހިލޭ ލިބޭނެ އެވެ. އަދި 18،000 ބީޓީޔޫގެ ކޮންމެ ފަސް އޭސީ އަކަށް 9،000 ބީޓީޔޫގެ އޭސީ އެއް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ޕްރޮމޯޝަން އެސްޓީއޯ ހޯމް އިމްރޫވްމެންޓް، އެސްޓީއޯ ވިލިމާލެ ފިހާރަ އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައި ކުރިޔަށް ގެންދާނެއެވެ.

މާޗް މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްގެ އިތުރުން އަގުހުރި އިނާމުތަކެއް ވެސް ލިބޭނެ ކަމަށާއި ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭއިރު ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ޓީވީ އަދި ދޮންނަ މެޝިން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މީގެ އިތުރުން ގަންނަ ކޮންމެ އޭސީއަކާއެކު ވަގުތުން އިނާމު ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ރައިސް ކުކަރު، އަވަން، އިސްތިރީގެ އިތުރުން ފަނަރަ ސަތޭކެ ރުފިޔާގެ ގިފްޓް ވައުޗަރު ފަދަ އިނާމުތައް ހިމެނޭކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް