ޖަޒީރާ ސައްލާގެ ދެވަނަ އެޕިސޯޑު ބުދަ ދުވަހު

ޖަޒީރާ ސައްލާގެ ފުރަތަމަ އެޕިސޯޑުގެ ތެރެއިން ---

ރައްޔިތުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކާއި ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ "ޖަޒީރާ ސައްލާ" ގެ ދެވަނަ އެޕިސޯޑު މިމަހުގެ ތިނެއް ވާ ބުދަ ދުވަހަށް ތާވަލު ކޮށްފިއެވެ.


ޖަޒީރާ ސައްލާ އަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކަށް ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަދި ޝުއޫރުތައް ހިއްސާ ކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިފަހަރުގެ އެޕިސޯޑު ހާއްސަ ކޮށްފައިވަނީ "މަސްތުވާތަކެތީގެ ވަބާ އިން އަރައިގަތުން" މި މައުޟޫ އަށެވެ.

ބުދަ ދުވަހުގެ މެންދުރު 2:30 ގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. #JazeeraSalla ބޭނުން ކޮށްގެން ސުވާލު ހުށަހެޅޭނެއެވެ.

ޖަޒީރާ ސައްލާގެ ފުރަތަބަ އެޕިސޯޑު ހާއްސަ ކުރީ ކޮވިޑް 19 އާއި ކޮވިޑް ވެކްސިން އާއި ގުޅޭގޮތުންނެވެ. އެ އެޕިސޯޑުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒާއެކު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ބައިވެރިވެ ވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ ޖަޒީރާ ހޮޅުއަށި ނަމުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފަ އެވެ.

comment ކޮމެންޓް