މިއަދު ރާއްޖެއިން 186 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިިވްވި 152 މީހަކާއި ރަށޤރަށުން 23 މީހެއްގެ އިތުރުން ރިސޯޓުތަކުން 10 މީހެއް އަދި ލިވަބޯޑަކުން ޕޮޒިޓިވްވި މީހެކެވެ.
މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 19،979 އަށް އަރައިފައެވެ.
މިވަގުތު 2،567 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 181 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.
ބަލީގައި މިހާތަނަށް 62 މީހުން ރާއްޖެއިން މަރުވެފައިވެއެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 17،343 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 94 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
މިއަދުގެ ނިޔަލަށް ޖުމްލަ 117،115 މީހުންނަށް ވެކްސިން ދިފައިވެއެވެ. އޭގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 77،251 މީހަކާއި ރަށޤރަށުން ވެކްސިން ޖެހި 39،864 މީހެވެ.
މިއަދު 5،700 މީހުންނަށް ވެކްސިން ޖެހިއިރު އޭގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން 2،088 މީހުން އަދި ރަށްރަށުން 3،612 މީހުންނެވެ.
ރާއްޖޭގައި ޖަހަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ. އިންޑިއާ އިން ފުރަތަމަ ހަދިޔާކުރި އެއްލައްކަ ޑޯޒްގެ އިތުރުން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.