ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ހިންމަފުށީ ބަނދަރުގެ މަސައްކަތް ފެށުން -- ފޮޓޯ: އެމްޓީސީސީ

ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ ދަށުން، 28،760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެެ އިތުރުން 287 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 772 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.

ހިންމަފުށި ބަނދަރު މަޝްރޫއުގެ ދެވަނަ ފޭސް އެމްޓީސީސީ އާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ.

އެ މަސައްކަތުގެ އަގަކީ 24.6 މިލިއަން ރުފިޔާ އެވެ.

މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

comment ކޮމެންޓް