ދިރާގު ސްޓްރީމިން އެޑްއޮންތަކަށް ސްޕޮޓިފައި އިތުރުކޮށްފި

ދިރާގު ސްޓްރީމިން އެޑް-އޯންސްއަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޯޑިއޯ ސްޓްރީމިން އެޕް ކަމަށްވާ "ސްޕޮޓިފައި" އިތުރުކޮށްފި އެވެ.

ދިރާގުން ބުނީ ދިރާގު ޕްރީޕެއިޑް ސްޓްރީމިން އެޑް-އޮންސް، ޕްރީޕެއިޑް ސްޓްރީމިންގ ޕާކްސް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ އިތުރުން މަމެން ސްޓްރީމިން އެޑްއޮންސްގައި މިހާރު ސްޕޮޓިފައި ހިމެނޭނެ ކަމަށެވެ.

ދިރާގު ސްޓްރީމިންގ އެޑް-އޮންތަކަށް ސްޕޮޓިފައި އައުމާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ސްޓްރީމިން އެޑް-އޮންސް ތެރޭގައި ހިމެނޭ މަޝްހޫރު ސްޓްރީމިން އެޕްތަކުގެ ތެރޭގައި ޓިކްޓޮކް، ނެޓްފްލިކްސް، ޔޫޓިއުބް އަދި އެމޭޒަން ޕްރައިމް ހިމެނެ އެވެ.

ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343އަށް ކީވޯޑް އެސްއެމްއެސް ކުރުމުން ސްޓްރީމިންގ އެޑް-އޮންތައް އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ މޮބައިލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ދިރާގުން ފޯރިކޮށްދޭ އެޑް-އޮންތައް ކަސްޓަމަރުންންގެ ބޭނުންތަކާ އެއްގޮތަށް ފަރުމާ ކުރުމަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް