އައިޖީއެމްއެޗްގެ ކަނބާއައިސާ ރަނި ހިނގުމުގައިވާ މައިގޭޓުގައި ކެނޮޕީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އައިޖީއެމްއެޗް އިން ބުނީ މިއީ އެ ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދާ ފަރާތްތަކަށް ވާރޭވެހޭއިރު ނުތެމި ކާރަށް އަރާފޭބޭނެ ގޮތް ހެދުމަށްޓަކައި ފެށި މަސައްކަތެއް ކަމަށެވެ.
ކެނޮޕީ ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އާންމުންގެ ރައްކާތެރިކަމަށާއި މަސައްކަތް ކުރުމަށް ޖާގަ ދިނުމަށް އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.
ނަމަވެސް ހިދުމަތް ހޯދަންދާ ފަރާތްތަކައް ވަދެ ނިކުމެވޭނެހެން އެ ގޭޓުގައި ޖާގަ ހެދިފައިވާނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
މަސައްކަތް ކުރަމުންދާއިރު ހޮސްޕިޓަލަށް ހިދުމަތް ހޯދަންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އައިޖީއެމްއެޗް އިން ވަނީ މައާފަށް އެދިފަ އެވެ.