އައިނު ފޮހޭ ފޮތިކޮޅު ދޮންނަންތަ؟

އައިނު ސާފުކުރާ ފޮތިކޮޅު ދޮންނަންތަ؟

ލޮލުގައި އަޅާ ނަންބަރު އައިނަކީ އެ ބޭނުންކުރަން ޖެހޭ ފަރާތްތަކަށް ވަރަށް މުހިންމު އެއްޗެކެވެ. ފުރަތަމަ ކަމަކީ އެއާއި ނުލާ ރަނގަޅަށް ނުފެނުމެވެ. އަދި ދެ ވަނަ ކަމަކީ އެ އައިނުގެ އަގެވެ. ނިކަން އަގުބޮޑުކޮށް ނޫނީ ނުލިބޭ މި އައިނުގެ ބޭނުން އަހަރެއްވަރު ވެސް ރަނގަޅަށް ކޮށްލެވެނީ މަދު ބަޔަކަށެވެ. އެހެންނޫނީ އަބަދު ވެސް އޮންނަނީ ކޮންމެވެސް ކަހަލަ މައްސަލައެއް ދިމާވެ ނޫނީ އެއިން ކޮންމެވެސް އުނދަގުލަކާއި ކުރިމަތިލާންޖެހިފަ އެވެ.

އެގޮތުން ބަލާއިރު ނަންބަރު އައިނު ގިނަ ދުވަހު ރައްކާތެރިކަމާ އެކު ބަލަހައްޓަން ބޭނުންވާ ނަމަ އެންމެ މުހިންމީ ރަނގަޅަށް އެ ސާފުކޮށް ބެލެހެއްޓުމެވެ. މިކަން ކުރުމަށްޓަކައި ކޮންމެ އައިނަކާއި އެކީގައި ވެސް ހާޢްސަ ފޮއްޓަކާއި އަދި އެ ފޮށީގައި އައިނު ސާފުކުރުމަށް ހާޢްސަ މައިކްރޯ ފައިބާ ފޮތިކޮޅެއް ވެސް އޮވެ އެވެ. އެއްބަޔަކަށް އައިނަކާއި އައިނެވެ. ފޮށްޓާއި އެ ފޮތިކޮޅު މަތިން ދެން ހަނދާންވާނީ އައިނު ހަލާކުވެ ހަދަން ދާންޖެހުމުންނެވެ.

ކޮންމެއަކަސް މި ފޮތިކޮޅަކީ ކޮންމެކޮންމެ ކަމަކަށް އޮންނަ އާދައިގެ އެއްޗެކޭ ހީކޮށްގެން ނުވާނެ އެވެ. ނުވިތާކަށް އައިނުގެ އަޖަލު ހަމަވަންދެން އެ ފޮތިކޮޅު ނުދޮވެ ހަޑިކަންމަތީ ބާއްވައިގެންވެސް ނުވާނެ އެވެ. ތިމާ ދާހާތަނަކުން ހޭކޭހާ މިލައާއި ހިރަފުހާއި ޖަރާސީމު އައިނުން ފޮޅައި ސާފުކޮށްދޭ މި ފޮތިކޮޅު ވެސް ހާޢްސަ ސަމާލުކަމެއް ދީގެން ދޮންނަންޖެހޭނެ އެވެ.

މި ފޮތިކޮޅު ދޮވެވޭނެ ފަސޭހަ އެތަށް ގޮތެއްވެ އެވެ. މިގޮތުން ފުރަތަމައީ،

  • ފެނާއި ނުލައި ފޮޅާލުން

ގިނަ ފަހަރުތަކުގައި މި ފޮތިކޮޅުން ވަރަށް އަވަސްއަވަހަށް އައިނުގައި ހުންނަ ހިރަފުސްތައް ފޮޅާލައި އަވަހަށް ފޮށި ދުރަށްލާން ބޭނުންވާ ވަގުތުތަކުގައި އެންމެ ރަނގަޅީ މިހެން ދޮވެލުމެވެ. ނުވަތަ ފޮޅާލުމެވެ. ސާފުކޮށް ނިންމުމަށް ފަހު އެއްވެސް އެއްޗެއް ނުއުނގުޅާ ފޮތިކޮޅު ދެތިން ފަހަރު މަތިން ފޮޅާލާށެވެ. އެހުންނަ ހިރަފުސްތައް ކޮންމެވެސް ވަރަކަށް ދާނެތާ އެވެ.

  • އަތުން ދޮވެލާ

ބޭނުންވާ ކޮންމެ ފަހަރަކު އަދި މެޝިނަށް ލައިގެން އެ ކުޑަކުޑަ ފޮތިކޮޅު ދޮވުމަކީ ފަސޭހަކަމަކަށް ނުވެދާނެ އެވެ. ގިނަ ފަހަރު އަތުގައި އޮންނާނީ ވެސް މީގެ އެންމެ ފޮތިކޮޅެއް ވިއްޔާތާއެ ވެ. އެހެންކަމުން މިއީ މި ފޮތިކޮޅު ދޮވެވިދާނެ ނިކަން ފަސޭހަ ގޮތެކެވެ. ފިނި ފެން ފޮދެއްގައި، އެހާ ވަރުގަަދަ ނޫން ސައިބޯންޏެއް ބޭނުންކޮށްގެން ދޮވެލާށެވެ. މިކަމުގައި މުހިންމީ ބޭނުންކުރާ ސައިބޯނީގެ ވައްތަރެވެ. ސައިބޯނި ވާންޖެހޭނީ، ބްލީޗު ނުހިމެނޭ، އަދި އެއްވެސް ވަރަކަށް ސޮފްނާވެސް ނުހިމެނޭ އެއްޗަކަށެވެ. ދެތިން މިނިޓު ވަންދެން ސައިބޯނި ފެނުގައި ފޮތިކޮޅު ބޭއްވުމަށް ފަހު ފިނިފެނުން ދޮވެލާށެވެ. ރަނގަޅަށް ސައިބޯނިކަން ފިލުވަން ހަނދާން ބަހައްޓަންވާނެއެވެ.

  • މެޝިނުންވެސް ދޮވެވޭނެ

ހާސްނުވާށެވެ. ކިތަންމެ ކަންނެތް މީހަކަށް ވެސް މިވަރު ކަމެއް ވެދާނެއެވެ. ކުރިން ބުނިހެން ބްލީޗް ނުހުންނަ އަދި ފެބްރިކް ސޮފްނާ ވެސް ނުހިމެނޭ އޯމޯ އެއް ބޭނުންކޮށްގެން މެޝިނުން ދޮވެލާށެވެ. އަދި ރަނގަޅަށް އެއާ ޑްރައި ކުރެވޭތޯ ބަލަންވާނެއެވެ.

ކިތަންމެ އާދައިގެ ކަމެކޭ ހީވިއަސް، ޖަރާސީމުން ހަމަ ފުރިފައި އޮންނަ މި ފޮތިކޮޅު ވެސް ގަވާއިދުން ދޮވުމަކީ ތިމާގެ ލޮލުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

comment ކޮމެންޓް