ކެލާ އިން ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ބިޑަށް ހުޅުވާލައިފި

ހއ. ކެލާ---

ހއ ކެލާ ގައި ޓޫރސްޓު ހޮޓަލާއި ގެސްޓްހައުސް އެޅުމަށް ދޫކުރާ 12 ބިމަށް ބިޑް ހުށަހަޅަން ހުޅުވާލައިފި އެވެ.

ކެލާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކާގައި ދެ ޓޫރިސްޓު ހޮޓަލާއި 12 ގެސްޓްހައުސް އެޅުމަށް އެ ރަށުން ދޫކުރަން ނިންމާފައިވާ 10،000 އަކަފޫޓާއި 5000 އަކަފޫޓުގެ ބިންތަކަށް ބިޑު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

https://sun.mv/149105

ކެލާ ގައި ޓޫރިސްޓު ހޮޓާ އަޅައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މާޗު މަހުގެ 11 ވަނަ ދުވަހު އޮންނާނެ އެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރެޖިސްޓްރީ ވާން ޖެހޭނީ އޮންލައިން ފޯމެއް ފުރިހަމަ ކުރުމަށްފަހުއެވެ. މާޗު ނުވަޔެއްގެ ކުރިން ބައްދަލުވުމުގައި ބައިވެރިވާން ނަން ނޯޓުކޮށް ރެޖިސްޓާވާން ޖެހެ އެވެ.

މި ޕްރޮޖެކްޓަށް ޕްރޮޕޯޒަލް ހުށަހަޅަން ޖެހެނީ 25 މާޗު ވަނަ ދުވަހު ކަމަށްވެސް އިއުލާނުގައި ވެއެވެ.

ކެލާގައި ޓޫރިސްޓު ހޮޓަލެއް އަޅަން 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދު ހިމެނޭ ގޮޮތަށް ވަނީ މީގެ ކުރިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް