އަޖޭ، ގަންގޫބާއީގެ ޝޫޓިންގް ފަށައިފި

އަޖޭ ދޭވްގަން---

މި އަހަރު ނެރުމަށް ރާވާފައިވާ، ސަންޖޭ ލީލާ ބަންސާލީގެ ވަރުގަދަ ފިލްމު "ގަންގޫބާއީ ތާތިއަވާޅީ"ގެ ޝޫޓިންގްއާ، އެ ފިލްމުގެ ތަރި އަޖޭ ދޭވްގަން ގުޅި، އޭނާގެ ޝޫޓިންގްގެ މަސައްކަތް ފަށައިފިއެވެ.

ޖުލައި 30 ގައި ސިނަމާތަކުގައި ރިލީޒްކުރާ މި ފިލްމުން އަޖޭ ފެނިގެން ދަނީ 1960-1980 އާ ދެމެދު މުމްބާއީގައި އުފެދުނު އެންމެ ބޮޑު ތިން މާފިއާ ޑޮނުންގެ ތެރެއިން އެކެއް ކަމުގައިވާ ކަރީމް ލައްލާގެ ރޯލުންނެވެ.

މިއީ ވަރަށް ގިނަ އަހަރުތަކަކަށްފަހު އަޖޭ ދޭވްގަނާއި ސަންޖޭ ލީލާ ބަންސާލީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އެ ދެ މީހުން އެންމެ ފަހުން އެކުގައި މަސައްކަތްކުރީ 1999 ގެ ފިލްމު "ހަމް ސިލް ދޭ ޗުކޭ ސަނަމް"ގައެވެ.

ގަންގޫބާއީ ކާތިއާވާޅީއަކީ 1960 ގެ އަހަރުތަކުގައި މުމްބާއީގެ އަންހެން ގޭންގްސްޓާރެއް ކަމުގައިވާ ގަންގޫބާއި ކޮތޭވާލީއާ ބެހޭ ބަޔޯގްރަފިކަލް ފިލްމެކެވެ. ފިލްމުގައި ގަންގޫބާއީ ކޮތޭވާލީގެ ރޯލުން ފެނިގެންދާނީ އާލިއާ ބަޓްއެވެ.

މި ފިލްމު ބިނާކޮށްފައިވަނީ އިންޑިއާގެ ލިޔުންތެރިޔާ ހުސައިން ޒައިދީގެ ފޮތް "މާފިއާ ކުއީންސް އޮފް މުމްބާއީ"ގެ މައްޗަށެވެ.

comment ކޮމެންޓް