ކޮވިޑް19ގެ ކޭސްތައް އަދިވެސް ކޮންޓްރޯލްނުވާތީވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސިޓީގެ ޕްރީސްކޫލުން ފެށިގެން ގްރޭޑް 8 ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.
މިމަހު 15 ވަނަ ދުވަހުން މިދިޔަ ބުރާސްފަތި ދުވަހާ ހަމަށް ގްރޭޑް 1 އިން 6 ކިވައިދެމުން އައީ އޮންލައިންކޮށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު މިރޭ "ސަން"އަށް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް އެލްކޭޖީން ފެށިގެން ގްރޭޑް އަށެއްގެ ދަރިވަރުންނަށް މާދަމާ އިން ފެށިގެން އޮންލައިންކޮށް ކިޔަވައިދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ މާލެ ސަރައްހަދުގައި ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީވެ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ބަލި ފެތުރޭ މިންވަރަށް ބަދަލު އައިސްފައި ނުވާތީވެ، އެޗްޕީއޭގެ އެދުމުގެ މަތިން ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްކޫލްތައް ބަންދުކުރުމަށްފަހު، ހާއްސަ ފިޔަވަޅުތަކާއެކު ސްކޫލްތައް ހުޅުވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން އިއްޔެވެސް 133 ރާއްޖެއިން 120 މީހުން ޕޮޒިޓިވްވި އިރު، 117 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.