ދަ ގާލް އޮން ދަ ޓްރެއިން: ޕަރިނީތީ އަށް ތަޢުރީފް އޮހެނީ!

ފިލްމުގެ މަންޒަރެއްގައި ޕަރިނީތީ---

ނެޓްފްލިކްސްގައި މިދިޔަ ބުރާސްފަތި ދުވަހު ސްޓްރީމްކުރަން ފެށި ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން"ގައި ލީޑު ރޯލު ކުޅުނު ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ 32، އަށް ތައުރީފް އޮހެމުން އެބަދެ އެވެ.

އެ ފިލްމުގައި އޭނާ ދައްކުވައިދިން އެކްޓަށް ގިނަ ބަޔަކު ތައުރީފްކުރިއިރު ކްރިޓީކުން ވެސް ވަނީ އޭނާގެ މަސައްކަތަށް ތައުރީފްކޮށްފަ އެވެ. ހުރިހާ ރަހަތަކެއް އެކުލެވޭ މި ފިލްމަކީ 2015 ވަނަ އަހަރު ޕައުލާ ހޯކިންސް ހަމަ އެ ނަމުގައި ނެރުނު ވާހަކަ ފޮތެއްގެ އަސްލަކަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.

ވަރަށް ވަރުގަދަ ވަކީލެއްގެ ރޯލުން ޕަރިނީތީ ފެނިގެންދިޔަ ނަމަވެސް އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ ދިމާވި ހާދިސާއަކާ ގުޅިގެންނެވެ. ރަލަށް ދެވި ހިފާފައިވާ ޕަރިނީތީ ކޮންމެ ދުވަހަކު ދަތުރުކުރާ މަގުން އަންހެން ކުއްޖަކު ފެނިގެންދާއިރު އެ އަންހެން ކުއްޖާވެގެންދަނީ ރަލަށް ދެވިހިފުމުގެ ކުރިން ޕަރިނީތީ އޭނާގެ ދިރިއުޅުން ބަށްޓަން ކުރަން ބޭނުންވާ ގޮތަށް ދިރިއުޅުން ބަށްޓަން ކުރާ ޒުވާނަކަށެވެ. އަދި ކޮންމެ ދުވަހަކު އެ އަންހެން މީހާއަށް ފާރަލަމުން ގޮސް ދުވަސް ގަނޑަކަށް ފަހު އެ އަންހެން ޒުވާނާ މަރުވެ އެ މަރުގެ ތުހުމަތުގައި ޕަރިނީތީ ހައްޔަރުކުރާ މަންޒަރުވެސް ދައްކުވައިދެ އެވެ. އަދި އޭނާގެ ހަނދާންނެތޭ ބަލީގެ ސަބަބުން ދެން ދިމާވެގެންދާ ކަންތައްތަކެއް ފެނިގެންދިޔަ އެވެ.

މި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާއެކެވެ.

comment ކޮމެންޓް