ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ހުރި މީހަކު މަރުވެއްޖެ

ހަނިމާދޫ ޑިޓޮކްސް ސެންޓަރު---

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބެލުމުގެ ދަށުން ހދ ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

އެންޑީއޭ އިން ބުނީ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ މީހާ މަރުވީ މިއަދު ހެނދުނު ކަމަށެވެ. އެކަމާ ގުޅޭ އިތުރ ތަފްސީލެއް ނުދެއެވެ.

ނަމަވެސް ބަލަންޖެހޭ ކަންކަން ހުރުމުން ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޑީއޭ އިން ބުންޏެވެ.

ފުލުހުން ބުނީ ޑިޓޮކްސް ސެންޓަރުގައި ހުއްޓާ މަރުވި މީހާގެ މަރުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަވޭތޯ އާއި އެކަން ހިނގައި ދިޔަ ގޮތް ބަލާނެ ކަމަށެވެ.

މަރުގެ ތަހުގީގަށް މާލެ އިން އެރަށަށް ޓީމެއް ދާނެ ކަމަށާޢި މަރުވި މީހާ އަކީ ފަރުވާ އަށް އެ ސެންޓަރަށް ގޮސް ކަރަންޓީނުގައި ހުރި މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް