މަސްވެރިކަމުގައި އުޅުނު އުޅަނދެއްގައި ރޯވެއްޖެ

އަލިފާން ރޯވި މަސްދޯނި -- ފޮޓޯ: ފޭސްބުކް

ކަނޑުމަތީ މަސްވެރިކަމުގައި އުޅުނު ދޯންޏެއްގައި ރޯވެއްޖެއެވެ.

މަސްވެރިކަމުގެ ހަބަރުތައް ގެނެސްދޭ "މަސްވެރިން" ވެބްސައިޓުން ބުނީ އަލިފާން ރޯވީ ގއ. ދެއްވަދޫ ކުރިމަގު ދޯނީގައި ކަމަށެވެ.

ދޯނީގައި ރޯވި އަލިފާން ނިއްވާލީ އޭރު އެ ސަރަހައްދުގައި އުޅުނު އެހެން މަސްދޯނިތަކުގެ އެހީގައި ކަމަށާއި ހާދިސާ ހިނގިއިރު ކުރިމަގު ދޯނި އޮތީ މަޑަވެލި ބޮއި ކައިރީ ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.

ހާދިސާގައި އަނިިޔާވި ފަރާތެއް ވަނީ ގދ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ހާދިސާގައި އަނިޔާވީ ކުރިމަގު ދޯނީގައި ހުރި 53 އަހަރުގެ ފަޅުވެރިވާ އަކަށް ކަމަށެވެ. އޭނާ އަށް އިތުރު ފަރުވާ ދިނުމަށް ތިނަދޫ އަށް ގެންގޮޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އަނިޔާވި ފަޅުވެރިޔާގެ ހާލު އަދި ސާފެއް ނުވެއެވެ.

comment ކޮމެންޓް