ހުޅުމާލޭގައި ހަދަމުންދާ އިމާރާތްތެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މަރުވެފައި އޮތް މީހާ ފެނުނު ސައިޓް -- ފޮޓޯ/ ކިޔުންތެރިން

ހުޅުމާލޭގައި ހުރި ހަދަމުން ދާ އިމާރާތްތެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:31 އެހާކަންހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ގޮސް ބެލިއިރު މަރުވެފައި އޮއްވާ ފެނިފައި ވަނީ ބަންގްލަދޭޝްގެ 40 އަހަރުގެ މީހެއް ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ މަރުވެފައި އޮއްވާ ފެނުނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ ހުރި އާރުސީއެންސީގެ ކޮންސްޓްރަޝަން ސައިޓެއްްގެ ތެރެއިން އެވެ. އޭނާގެ ނޭފާތުން ލޭ އައިސްފައި ހުރި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

ބައެއް މަސްދަރުތަކުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އެ ސައިޓުގެ ސެކިއުރިޓީ ކަމަށެވެ. އަދި އޭނާ މަރުވެފައި އޮތްތަން ފެނުނީ މިއަދު ހެނދުނު އެ ސައިޓުގެ އެހެން އެންމެން މަސައްކަތަށް އައުމުން ކަމަށް ވެސް އެނގިފައިވެ އެވެ.

comment ކޮމެންޓް