ޖެޓް އެއާވޭސްގެ ދަތުރުތައް އަހަރު މެދުތެރޭ ފަށަން ޓާގެޓްކޮށްފި

ޖެޓް އެއާވޭސް އިން ވަނީ އަހަރު މެދުތެރޭ ދަތުރުތައް ފަށަން ރާވާފައި --- ފޮޓޯ: ގެޓީ

އިންޑިއާގެ ޖެޓް އެއާވޭސް އިން މިއަހަރުގެ މެދުތެރޭ އަނެއްކާވެސް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ޖެޓް އެއާވޭސްގެ ދަތުރުތައް 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ހުއްޓާލުމަށްފަހު ބޭންކްރަޕްސީ އިއުލާނުކޮށްފައިވަނީ އެ އަހަރުގެ ޖޫން މަހު އެވެ.

އިންޑިއާގެ އެންމެ ބޮޑު ކޮމާޝަލް އެއާލައިނުގެ ގޮތުގައި އޮތް ޖެޓް އެއާވޭސްގެ އޮޕަރޭޝަންތައް ހުއްޓާލާ، ބޭންކްރަޕްސީ އިއުލާނުކުރީ މާލީ ދަތިކަން ކުރިމަތިވެ، ފައިނޭންސިން ނުލިބުމުގެ ސަބަބުންނެވެ.

ޖެޓް އެއާލައިންގެ ހިއްސާ ނީލަން ކިޔުމުގެ ބިޑް ކާމިޔާބުކޮށް ކެލްރޮކް ކެޕިޓަލް އަދި މުރާރީ ލާލް ޖަލާން ކިޔާ ދެ ކުންފުންޏަކުން މިހާރު ވަނީ އެ އެއާލައިނާ ހަވާލުވެފަ އެވެ.

https://sun.mv/144453

މުރާރީ ލާލް އާއި ހަވާލާދީ ނޫސްތަކުން ބުނީ ބޭންކްރަޕްސީ އާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަކުުރމަށްފަހު ހަތަރެއް ނޫނީ ހަ މަސްތެރޭ ދަތުރުތައް ފަށާނެ ކަމަށެވެ.

ޖެޓް އެއާވޭސް އިން އަލުން ދަތުރު ފަށާން ތައްޔާރުވާއިރު އެ އެއާލައިނުގެ ހަބްތައް މުމްބާއީ، ނިއުދިއްލީ އަދި ބެންގަލޫރުގައި ގާއިމް ކުރަން ވަނީ ނިންމައިފައެވެ. އަދި އިންޑިއާގެ ޓިއާ ދޭތް އަދި ތިނެއްގެ ސިޓީ ތަކަށް ދަތުރުތައް ކުރާނެ ކަމަށާއި އަލުން އޮޕަރޭޝަން ފަށާއިރު ޓާގެޓަކީ އަވަސް މުސްތަގުބަލެއްގައި އިންޓަނޭޝަނަލް ދަތުރުތައްވެސް ފެށުން ކަމަށް ޖެޓް އެއާވޭސް އިން ވަނީ ބުނެފައެވެ.

ޖެޓް އެއާވޭސް ހުއްޓަލި އިރު އެ އެއާލައިނަކީ އެއާ އިންޑިއާ އަށްފަހު އިންޑިއާގައި އެންމެ ގިނަ ވައިޑް ބޮޑީ އެއާކްރާފްޓުތައް ގެންގުޅުނު އެއާލައިނެވެ. އަލުން ދަތުރު ފަށާއިރު ގެންގޫޅޭނީ 5-7 ވައިޑް ބޮޑީ އެއާ ކްރާފްޓު ކަމަށާއި 18-20 ނެރޯ ބޮޑީ އެއާކްރާފްޓު އޮަޕަރޭޝަނުގައި ބޭނުން ކުރާނެ ކަމަށް ޖެޓް އެއާވޭސް އިން ބުނެފައިވެއެވެ.

ޖެޓް އެއާވޭސް އެނބުރި އައުމަށްފަހުވެސް އޮންނާނީ ޕްރިމިއަމް ފުލް-ސާވިސް އެއާލައިނެއްގެ ގޮތުގައި ކަމަށާއި "ޖެޓް އެއާވޭސް" އިން ކުރި މާކެޓުގައި ދެމެހެއްޓި ނަން އަދިވެސް ދަމަހައްޓަން ބޭނުންވާ ކަމަށް އެ އެއާލައިނުގެ އާ ވެރިން ވަނީ ބުނެފައެވެ.

ޖެޓް އެއާވޭސްގެ އޮޕަރޭޝަންތައް ހުއްޓަލިއިރު އެ އެއާލައިނުގެ ފްލީޓުގައި 97 ބޯޓު އޮތެވެ. ކުންފުނި ބޭންކްރަޕްޓުވި އިރު، ދަރަނި 1.2 ބިލިއަން ޑޮލަރަށް އަރަ އެވެ.

comment ކޮމެންޓް