ސުޝްމިތާގެ "އާރިޔާ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި

ސުޝްމިތާ ސެން---

ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން ގިނަ ދުވަސްތަކަކަށްފަހު ސްކްރީނުން ފެނިގެންދިޔަ ވެބް ސީރީޒް "އާރިޔާ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި އެވެ.

ފުރަތަމަ ސީޒަން އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔުމާއެކު ސުޝްމިތާ ވަނީ އޭގެ ދެވަނަ ސީޒަނެއް އަންނާނެ ކަމަށް ބުނެފަ އެވެ. އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އާންމުންގެ އެދުމުގެ މަތިން ސީރީޒްގެ ދެވަނަ ބައި ގެނެސްދޭން ތައްޔާރަށް ހުރިކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މި ސީރީޒް ދެއްކިއިރު އާންމުން ވަނީ ސުޝްމިތާގެ އެކްޓިންނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

އާރިޔާ އަކީ ނެދަލެންޑްސްގެ ޑްރާމާ ސިލްސިލާ "ޕެނޯޒާ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ކްރައިމް ޑްރާމާ ސީރީޒްއެކެވެ. ބަތަލާ ސުޝްމިތާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ 2010 ވަނަ އަހަރު ނުކުތް ފިލްމު "ނޯ ޕްރޮބްލަމް" އިންނެވެ.

comment ކޮމެންޓް