ވިސާ ހޯދަން ކިޔު އަށް އަރަން ޖެހޭ މައްސަލައަށް ހައްލު ހޯދަނީ

އިންޑިއާ ހައިކޮމިޝަން ކައިރީ ބަޔަކު ކިޔުގައި -- ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖެއިން އިންޑިއާ އަށް ދާ ދިވެހިންނަށް ވިސާ ފޯމު ހުށަހެޅުމުގައި ދިމާވާ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފި އެވެ.

ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ބޭސް ފަރުވާއަށް ދާއިރު، ވިސާ ފޯމު ހުށަހެޅުމަށް ރޭގަނޑު 9:00 ގެ ފަހުން އިންޑިއާ ހައިކޮމިޝަން ކައިރީ ކިޔުހަދައިގެން ތިބޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކޮންމެ ރެއަކުވެސް އެތައް ބަޔަކު އެގޮޔަށް ކިޔުގައި ތިބޭ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެން ފެށުމާއެކު އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ވިސާއަށް ފޯމް ހުށަހ ފަރާތްތަކަށް ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައި ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި މެޑިކަލް ވިސާއަށް ފޯމް ހުށަހަޅާާ ފަރާތްތަކަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ހައްލެއް ލިބިގެންދާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތްް ނަަމަވެސް އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ޖޫން 2020 އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އޭގެ ފަހުން މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށާއިވ2021 ގައި އެކަނިވެސް 2000 މެޑިކަލް ވިސާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ވިސާއަށް ފޯމް ހުށަހަޅާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއިމެދު ހިތާމަކުރާ ކަމަށާއި ވީ އެންމެއަވަހަކަށް މި މައްސަލައަށް ސްޓްރީމްލައިން ހައްލެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަންދޭ ކަމަށް މިއަދު ހައިކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް