ދިރާގުން ހިލޭ ފައިބާ ބްރޯޑްބޭންޑު ގުޅައިދެނީ

ދިރާގުން ހިލޭ ފައިބާ ބްރޯޑްބޭންޑު ގުޅައިދެނީ--

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރުން 50 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް އިމާރާތް ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން ކަނެކްޝަން ފީ އިން 50 ޕަސެންޓް ޑިސްކައުންޓު ލިބިގެންދާނެއެލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މާޗް މަހުގެ ނިޔަލަށެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަނުގައި 15 މާޗް 2021ގެ ކުރިން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެޕްލައި ކުރާ ކަސްޓަމަރުން ތެރެއިން 25 ނަސީބުވެރި ފަރާތަކަށް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ދެ މަހަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

"މިދުވަސްވަރަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވައި ދުވަސްވަރަކަށްވެފައި، އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވެ އިތުބާރުހިފޭ ނެޓްވޯކް އަކާ ގުޅާލުން މިވަނީ އަސާސީ ބޭނުމަކަށް ވެފައި. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ފުޅާ އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކް ގެޔަށް ލާން ލިބޭ ރަނގަޅު ފުރުސަތެއް. ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކެޖްތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށްބަލާ ތަފާތު ޑޭޓާ އެލަވަންސްތަކައި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް. އަދި މީގެ އިތުރުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖް އަދި އެންމެ ބާރު ސްޕީޑް ލިބޭ 1Gbps ޕެކޭޖްވެސް ދިރާގުން ލިބިގެންދާނެ،" ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވިއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް މިހާރު ގެންގުޅުއްވާ ކަސްޓަމަރުންނަށް މިހާރު 50 ޕަސެންޓް އިތުރު ހިލޭ ޑޭޓާ ފައިބާ ބޫސްޓާ ތަކުން މާޗް މަހުގެ ނިޔަލަށް ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކުގެ ހިދުމަތް މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް އަދި 64 ރަށަށް ވަނީ ފޯރުކޮށްދީފައި އެވެ.

comment ކޮމެންޓް