ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ދޭން ފަށައިފި

ފެބްރުއަރީ 24، 2021: ރާއްޖޭގައި ލިޔެކިޔުން ނެތި ދިރިއުޅޭ ބިދޭސީން ކޮވިޑް-19 ވެކްސިން ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލިޔެެކިޔުން ނެތް މީހުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.

ބިދޭސީންގެ ތެރެއިން ލިޔެކިޔުން ނެތް މީހުން ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ޖެހެނީ ރެޑްކްރެސެންޓުގަ އެވެ.

ރެޑްކްރެސެންޓުން ބުނީ ލިޔެކިޔުން ނެތް ބިދޭސީންްނަށް ވެކްސިން ދޭން މިއަދު ފަށާފައިވާ ކަމަށާއި މިއީ ކޮވިޑް19 ފެތުރުން ހުއްޓުވައި، އެންމެންނަށް ވެކްސިން ދިނުމަށް ކުރާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އެފަދަ ފަރާތްތަކަށް ވެކްސިން ޖެހުން މިއަދު އިސްލާމީ މަރުކަޒުގައި ވަނީ ފަށައިފަ އެވެ.

ލިޔެކިޔުންތަކާ އެކު، ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެޗްޕީއޭގެ ވެކްސިނޭޝަން ޕޯޓަލްގައި ރަޖިސްޓާވެގެން ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހޭނެ އެވެ.

ރާއްޖޭގައި އުޅޭ އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މިހާރު ވެކްސިން ޖަހަން ފަށާފައިވާއިރު ރެއާއި ހަމައަށް 85،110 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ. އިމްޑިއާ އިން ފުރަތަމަ ހަދިޔާކުރ އެއްލައްކަ ޑޯޒްގެ އިތުރުން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.

comment ކޮމެންޓް