ޕީކޭގެ ސީކުއަލްގެ މަސައްކަތް ފަށައިފި، ބަތަލަކީ ރަންބީރު

ޕީކޭގެ މަންޒަރެއް---

ދެހާސް ސާދަ ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ޕީކޭ"ގެ ސީކުއަލްގެ މަސައްކަތް ފަށައިފި އެވެ.

ފިލްމުގެ ފުރަތަމަ ބައިން އާމިރު ޚާން، އަނުޝްކާ ޝަރުމާ އަދި ސުޝާންތު ސިންހް ރާޖްޕުތް ފެނިގެންދިޔައިރު ފިލްމުގެ ސީކުއަލްގައި ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރެވެ. މި ފިލްމުން ރަންބީރު ފެނިގެންދާކަން ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާ ވަނީ ޔަގީންކޮށްދީފަ އެވެ.

ރާޖްކުމާރު ހިރާނީގެ ޑައިރެކްޝަނަކަށް ގެނެސްދިން ޕީކޭ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުން އިރު ސީކުއަލްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވަރަށް އަވަސް މުސްތަގްބަލެއްގެ ތެރޭ ފަށާނެއެވެ. ދެވަނަ ބައި ފަށާނީ ފުރަތަމަ ބައި ނިންމާލިއިރު ރަންބީރުގެ ކެރެކްޓާ ޕްލެނެޓެއް ލޭންޑް ކުރާތަނުންނެވެ.

ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ އެހެން ދުނިޔެއަކުން އިންސާނުން ދިރިއުޅެމުންދާ ގޮތުގެ ދިރާސާއެއް ކުރުމަށް ބިމަށް އަންނަ އޭލިޔަނެއްގެ ވާހަކަ އެވެ. އަދި އެ މާހައުލުގައި އިންސާނުންގެ މެދުގައި ސަލާމަތުން ހުރެ އަލުން ޕީކޭގެ އަމިއްލަ ދުނިޔެ އަށް ދިއުމަށް އޭނާ ކުރާ މަސައްކަތާއި ދިމާވާ ހުރަސްތައް މި ފިލްމުން ދައްކުވައިދެ އެވެ. އެތަކެއް އަހަރު ދުރުގައިވާ އޭނާގެ އަމިއްލަ ދުނިޔެ އަށް ޕީކޭ އަށް ދެވެން އަންނަނީ އޭނާ ދުނިޔެ އަށް އަންއިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ރިމޯޓް ހޯދައިގެންނެވެ. މި ފިލްމަކީ އިންޑިއާގެ ފިލްމީ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމުވެސްމެ އެވެ.

comment ކޮމެންޓް