ގެއްލުނު ފަތުރުވެރިޔާ ވަގަށް ނެގިކަމުގެ ތުހުމަތު

ގެއްލިގެން ހޯދާ ފަތުރުވެރިޔާ -- ފޮޓޯ: ހަލީޖްޓައިމްސް

ރ އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން ްސްްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ވަނީ ވަގަށް ނަގާފައި ކަމަށް އޭނާގެ އާއިލާ އިން ތުހުމަތު ކޮށްފިއެވެ.

އެކަނި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ހަބަރެއް ނުވެގެން ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފެށީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އެވެ. ވައިގެ މަގުންނާއި ކަނޑުގެ މަގުން ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީ ކޮށްފައެވެ. ނަމަވެސް ފަތުރުވެރިޔާގެ ހަބަރެއް ވެފައެއް ނުވެއެވެ.

ގެއްލިގެން ހޯދި ފަތުރުވެރިޔާ އާ ގުޅޭގޮތުން އޭނާގެ ފިިރިމީހާ ވަނީ ޔޫއޭއީގެ ނޫހަކަށް އިންޓަވިއުއެއް ދީފައެވެ. ގެއްލުނު ފަތުރުވެރިޔާ އަކީ ދުބާއީގައި ދިރިއުޅޭ ކެނެޑާ އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ގިއެޑްރީ ވަސްކައިޓް އެވެ.

އޭނާގެ ފިރިމީހާ، ޕަރްމާރް ގޫރްޝަރަންޖީތު ސިންގް އާއި ހަވަލާދީ ހަލީޖް ޓައިމްގައި ބުނީ ގެއްލުނު ފަތުތުވެރިޔާ އަކީ މާބަނޑު މީހެއް ކަމަށާއި އަންމަ މާޗުގައި އަންހެނުން ވިހާނެ ކަމަށެވެ.

"އަހަރެމެން ތިބީ ޕޫލްގައި، އެއީ ގާތްގަނޑަކަށް މެންދުރުފަހު 3:30 ހާއިރު. އަންހެނުން ބުނީ އޭނާ މޫދަށް އެރިލަން ބޭނުންވާ ކަމަށް،" އަންހެންމީހާ އެކަނި މޫދަށް ދިޔަ ސަބަބު ސިންގް ކިޔައިދީފައިވެއެވެ.

އޭނާ ބުނީ އަންހެނުން މޫދަށް ދިޔުމުން ރޫމަށް ގޮސް ޖައްސާލިތަނާ ނިދުނީ ކަމަށާއި އިރުއޮއްސުނު ފަހުން ހޭލެވުނުއިރު އަންހެނުން ނެތުމުން ރިސޯޓުގެ ސަމާލުކަމަށް އެކަން ގެނަ ކަމަށެވެ.

އޭގެ ފަހުން ރ. މީދޫ ޕޮލިސް ސްޓޭޝަނުގައި އަންހެނުން ގެއްލުނު މައްސަލަ ފައިލް ކުރި ކަމަށްވެސް ސިންގް ބުނެފައިވެއެވެ.

ސިންގް ގެ އާއިލާގެ އިތުރު މީީހަކާ ހަވާލާދީ ހަލީޖް ޓައިމްސް އިން ބުނެފައިވަނީ ގިއެޑްރީ އަކީ ފަތަން ދަންނަ މީހެއް ކަމަށާއި ރާއްޖޭގެ "ތިލަ" މޫދަށް އޭނާ ގެނބޭނެ ސަބަބެއް ނެތް ކަމަށެވެ. ގެނބުނު ނަމަވެސް މިހާރު ފެނުން މައްޗަށް އަރައި ހަށިގަނޑު ފެންނަހާ ދުވަސް ވެއްޖެ ކަމަށް ވެސް އައިލާ އިން ވާހަކަ ދެއްކި މީހާ ބުނެފައި ވެއެވެ.

"އަހަރެމެން ގަބޫލު ކުރަނީ ގިއެޑްރީ ވަގަށް ނަގައި ރަހީނު ކުރީ ކަމަށް. އެއީ ރާއްޖޭގައި އާންމު ކަމެއް. އެހެންވެ ގިއެޑްރީ ހޯދައިދިން ބަޔަކަށް ނޫނީ މީހަކަށް 100،000 ޑޮލަރުގެ އިނާމެއް މި ހުށަހަޅަނީ،" އާއިލާ އިން ވަހަކަ ދެއްކި އުދޭ ސިންގް ބުނެފައިވެއެވެ.

ގިއެޑްރީގެ ފިރިމީހާ ސިންގް އަކީ ދުބާއީ އާއި ކެނެޑާގައި ވިޔަފާރި ކުރާ ވިޔަފާރިވެރިއެއް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ފަތުރުވެރިޔާ ހޯދުމަށް ޑައިވްކޮށްގެން 1549162 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. މީގެ އިތުރން ވައިގެ މަގުންނާއި ކަނޑުމަގުންވެސް އޭނަ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

comment ކޮމެންޓް