ގަންގޫބާއި: އާލިއާގެ ތަފާތު ފިލްމަކަށްވާނެ!

ޓީޒާގެ މަންޒަރެއްގައި އާލިއާ---

ދިގު އިންތިޒާރެއްގެ ނިމުން ގެނެސްދީ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގަންގޫބާއި ކަތިއަވާޅީ"ގެ ޓީޒާ ދައްކާލައި ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

އާލިއާގެ ވަރުގަދަ ކެރެކްޓާއެއް މި ފިލްމުން ފެނިގެންދާއިރު މި ފިލްމުވެގެންދާނީ ވަރަށް ވެސް ތަފާތު ފިލްމަކަށެވެ. ފިލްމުގެ ޓީޒާއިން ވެސް އާލިއާގެ އެކްޓިންގެ ހުނަރު ފެނިގެންދިޔައިރު ގިނަ ބަޔަަށް މި ފިލްމުގެ ޓީޒާ ކަމުދިޔައެވެ. އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ސަންޖޭ ލީލާ ބަންސާލީއެވެ. މި ފިލްމުގެ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެންދާނެއެވެ.

comment ކޮމެންޓް