ޖެންޑާ އާއި ހެރިޓޭޖަށް ދެ ސިޔާސީ ބޭފުޅުން އައްޔަންކޮށްފި

ތަމްދީހު މުހައްމަދު (ކ) އަދި އަލީ ޝާމް (ވ)--

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްއާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންގެ މަގާމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު އައްޔަންކުރައްވާފައިވަނީ އިއްޔެގަ އެވެ. އެއީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޅ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެގޮތުން ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ ގދ. އަތޮޅު ކައުންސިލްގެ މެމްބަރުގެ މަގާމުގައި މިހާނަތަށް ހުންނެވި ތަމްދީހު މުހައްމަދެވެ.

ޖެންޑާ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގދ. އަތޮޅު ކައުންސިލްގެ ފަރެސްމާތޮޑާ ދާއިރާގެ ކައުންސިލް މެމްބަރު އަލީ ޝާމެވެ.

އޭނާއަކީ އެމްޑީޕީ ގައުމީ މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލުކުރައްވާ، އެ ދާއިރާގެ ރައީސެވެ. އަދި މީގެ ކުރިން ތިނަދޫ ކައުންސިލުގެ މެމްބަރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.

comment ކޮމެންޓް