ހުޅުމާލޭގައި މެދުފަންތީގެ 300 ހައުސިން ޔުނިޓު އަޅަނީ

ހުޅުމާލެ --- ފޮޓޯ :އެޗްޑީސީ

ހުޅުމާލޭގައި މިކްސްޑް ޔޫސް ހައުސިން ޔުނިޓު އެޅުމަށް ތިން ކުންފުންޏަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ޒަމާނީ މާހައުލެއް ގާއިމުކޮށް ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް މީގެ ކުރިންވެސް ހުޅުމާލޭގައިގިނަ ޕްރޮޖެކްޓުތައް ހިންގާފައިވާނެ ކަމަށާއި އަދި ޑިމާންޑަށް އެކަށީގެންވާ ގިނަ ޕްރޮޖެކްޓްތަކެއް ނެރުމަށް މަސައްކަތް ކުރަމުންދާ ކަަމަށް އެޗްޑީސީ އިން ބުންޏެވެ.

އެ މަސައްކަތްތަކުގެ ދަށުން 355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް އިއުލާނުކޮށް އޭގެ ތެރެއިން 300 ޔުނިޓް އެޅުމަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ކުންފުންޏަކާއި ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެ ކުންފުނި ތަކަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން، އާރުސީސީ (11443 LOT) ސާސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ (11445 LOT) އަދި އެސްޖޭ ކޮންސްޓްރަކްޝަން 10958 LOT) ކަމަށް އެވްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ ބާކީ 55 ޔުނިޓް ތަރައްގީކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ މިކްސްޑް ރެޒިޑެންޝަލް ހައުސިން ޔުނިޓު އެޅުމުގެެ މަޝްރޫއު ވެގެންދާނީ އެ ގޮތަށް އިމާރާތް ކުރެވޭ އާއްމުނަށް އެއްމެ ކުޑަ އަގުގައި ހުޅުވާލެވިގެންދާނެ ފަހަރުކަމަށް ދެކޭ ކަމަސެވެ.

އެކަން ކަށަވަރުކުރުމަށް އެޗްޑީސީ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށައި އެގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލު ގެނެސްފައިވާނެ ކަމަށް އެޗްޑީސީ އިންް ބުންޏެވެ.

ކޮންމެ ޕްރޮޖެކްޓަކުންވެސް 60 ޕަސެންޓު ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމަރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އަންގާފައިވާނެ ކަމަށާއި އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ކަނޑައަޅާފައިާނެ ކަމަށް އެޗްޑީސީ އިންް ބުންޏެވެ.

އެގޮތަށް ކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓްތައް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 1800 ދިވެހި
ރުފިޔާއެވެ. އަދި ކަމަށާއި އެސްއޭއެސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2185 ދިވެހި ރުފިޔާ ކަމަށާއި އަދި އެސް.ޖޭ ކޮންސްޓްރަކްޝަން އިން ހުށަހަޅަފައިވަނީ އަކަފޫޓަކަށް 1987 ދިވެހި ރުފިޔާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މިއީ މިހާތަނަށް މިކެޓަގަރީން ހައުސިންގ ޔުނިޓް ވިއްކުމަށް ހުށަހަޅާފައިވާ އެއްމެ ކުޑަ އަގުތައް ކަމަށާއި ކޮންޑިޝަނަލް ސިޓީގައިވާ ކަން ކަން ފުރިހަމަ ކުރުމަށް ފަހު މާޗު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މި ފުރުސަތުގެ ދަށުން އިމާރާތް ކުރެވިގެންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްވެގެން ދާނީ ރަނގަޅު ފެންވަރެއްގައި ގިނަ ހިދުމަތްތަކާއި އެކު އަތްފޯރާފަށުގައި ހުޅުވާލެވިގެން ދާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް ކަމަށްޗެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މެދުފަންތީގެ ގިނަ ހައުސިން ޔުނިޓުތައް މިހާރުވެސް ވަނީ ތަރައްގީކޮށްފައެވެ.

comment ކޮމެންޓް