މަމެން ޑޭޓާ އެޑް އޮން ތަކުން މިހާރު 50 ޕަސެންޓް ޑިސްކައުންޓް!

ދިރާގު މަމެން ޑޭޓާ އެޑް-އޮން ތަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ފޮޓޯ: ދިރާގު

ދިރާގު މަމެން ޑޭޓާ އެޑް-އޮން ތަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މާޗު ތިން ވަނަ ދުވަހުގެ ނިޔަލަށް، މަމެން ޑޭޓާ އެޑް އޮން ތަަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަން ނިމުމުން ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް 15 ޕަސެންޓް ޑިސްކައުންޓް މަމެން ޑޭޓާ އެޑް-އޮންތަކުން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެއެވެ.

ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރުބީ" އިންނެވެ. ޕެކޭޖް ގަތުމާއެކު "އާރުބީ"ގެ ބެލެންސުން ކެނޑިގެން ދާނެއެވެ.

ހުރިހާ ކަސްޓަމަރުންވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައިއެވެ.

އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް.އެމް.އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެއެވެ.

ދިރާގުން ވަނީ ހާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއް ވެސް ތައާރަފްކޮށްފައެވެ. މި އެޑް އޮން ތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮން ތަކެކެވެ. ކަސްޓަމަރުންނަށް ހަތް ދުވަހާއި 15 ދުވަހާއި އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވައި އެޕެއް ކަންް ދިރާގުން ފާހަގަ ކުރެއެވެ.

comment ކޮމެންޓް