ފުވައްމުލަކު ނަރުދަމާގެެ މައްސަލަތައް ހައްލުކުރަން ފެނަކައަށް

ފުވައްމުލަކު ނަރުދަމާގެ މައްސަލަތައް ހައްލުކުރުމަށް ފެނަކަ އާއި ހަވާލުކުރުން -- ފޮޓޯ: ފެނަކަ

ފުވައްމުލަކު ސިޓީ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފިއެވެ.

މަސައްކަތުގެ އެއްބަސްވުުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

ހަ މަސްތެރޭ ނިންމަން ހަވާލުކުރި މި މަސައްކަތުގެ ކޮންޓްރެކްތު އަގަކީ 43.2 މިލިއަން ރުފިޔާ އެވެ.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު ނަރުދަމާ އަށް ދިމާވާ މައްސަލަތަކަށް ހައްލު ގެނެސް، ނަރުދަމގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެނަކަ އިން ކުރާނެއެވެ.

comment ކޮމެންޓް