އޮންދިގޯގެ މުވައްޒަފުން ތަމްރީނުކުރަން ވިލާ ކޮލެޖާއެކު އެއްބަސްވެއްޖެ

ފެބްރުއަރީ 23، 2021: އޮންދިގޯ އާއި ވިލާ ކޮލެޖްއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ހަލްފާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮންދިގޯގެ މުވައްޒަފުން ތަމްރީނު ކުރުމަށް ވިލާ ކޮލެޖާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއަދު އޮންދިގޯގެ ޓްރޭނިން ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި އޮންދިގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖުނައިދެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ރެކްޓަރު، ރިސާޗު އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލެވެ.

ފެބްރުއަރީ 23، 2021: އޮންދިގޯ އާއި ވިލާ ކޮލެޖްއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ހަލްފާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮންދިގޯ އާއި ވިލާ ކޮލެޖާ ދެމެދު ސޮއިކުރި އެމްއޯޔޫ އަކީ އޮންދިގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނާއި ތައުލީމު ދިނުމަށް ސޮއިކުރި އެއްބަސްވުމެކެވެ. އޮންދިގޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިއީ އެ ކުންފުނި "ލާނިން ޕްލެޓްފޯމަކަށް" ބަދަލުކޮށް މުވައްޒަފުންގެ މެދުގައި ދަސްކުރުމުގެ ސަގާފަތް އާލާ ކުރުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ.

އޮންދިގޯގެ ޗެއާމަން ޖުނައިދު ވިދާޅުވީ މުވައްޒަފުން ތަމްރީނު ކުރުމަށް އެއްވެސް ފީ އެއް މުވައްޒަފުންގެ އަތުން ނުނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން އެގްރިމެންޓަކުވެސް ސޮޔެއް ނުކުރާނަން،" ޖުނައިދު ވިދާޅުވި އެވެ.

މީގެ އިތުރުން ތަމްރީނު ކުރާ މުވައްޒަފުން ވަކި މުއްދަތަކަށް އޮންދިގޯ އަށް ހިދުމަތް ކުރުން ލާޒިމު ނުކުރާނެ ކަމަށާއި ނަމަވެސް ކުންފުނިން ވަކިވާނަމަވެސް، ފަށާ ތަމްރީނު ޕްރޮގްރާމު ނިންމައި ހުރަރާއި އިލްމު ފުރިހަމަކޮށްގެން ވަކިވުމަށް އިލްތިމާސް ކުރާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ފާތުމަތު ދީނާ އަހުމަދު ވިދާޅުވީ އޮންދި ގޯ އަކީ މުވައްޒަފުން ކުރިއަރުވައި ތަރައްގީ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުޅި ފޯކަސް އަކީ މުވައްޒަފުންނަކީ މަސައްކަތުގައި ސްކިލްފުލް ބަޔަކަށް ހެދުން ކަމަށެވެ.

ފެބްރުއަރީ 23، 2021: އޮންދިގޯ އާއި ވިލާ ކޮލެޖްއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ހަލްފާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުޅޭ ޓެގު
comment ކޮމެންޓް