އެއް ހިދުމަތެއްގެ އަގު ތަފާތުވަނީ ކީއްވެ؟

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިހާރައަކަށް އެއްޗެއް ގަންނަން ދިޔަ ނަމަަވެސް، ހިދުމަތެއް ހޯދަން ދިޔަ ނަމަވެސް ފާހަގަވާ އެއް ކަމަކީ އެއްބާވަތެއްގެ މުދަލާއި ހިދުމަތްތަކުގެ އަގުގައި ހުންނަ ފަރަގު ބޮޑު ކަމެވެ. މިކަމަށް މެދުވެރިވާ ސަބަބު ގިނަ ފަރާތްތަކަށް އެނގިފައި ނެތުމުގެ ސަބަބުން ކަސްޓަމަރުންގެ މިފަދަ ކަންބޮޑުވުންތަކަށް ހުންނަނީ ޖަވާބު ނުލިބިއެވެ.

އަގުތަކުގައި ހުންނަ ތަފާތުތައް އުފެދޭ ސަބަބުތަކަށް ބަލާލާއިރު، އާންމު ގޮތެއްގައި މުދަލުގެ ވިޔަފާރިކުރާ ތަންތަނަށް މިފަދައިން ކުރިމަތިވަނީ ހިޔާރުކުރާ ސަޕްލަޔަރުގެ ސަބަބުންނާއި މުދާ ގަންނަ ކުޑަ ބޮޑުމިނުގެ ސަބަބުންނެވެ. މިސާލަކަށް ބުނާނަމަ، ޑިސްޓްރިބިއުޓަރެއްގެ ބަދަލުގައި ސީދާ ހޯލްސޭލްކުރާ ފަރާތްތައް މެދުވެރިކޮށް މުދާ ގަންނަ ނަމަ މުދަލުގެ އަގު ކުޑަވެއެވެ. އެއީ މިހެން އަމަލުކޮށްފިނަމަ، ތިން ވަނަ ފަރާތަށް ނަގާ ޑިސްޓްރިބިއުޓާ ކޮމިޝަން ނުހިމެނޭނެތީއެވެ. މީގެ އިތުރުން، ގިނަ އައުޓްލެޓްތައް ހިންގާ ވިޔަފާރިއެއް ނަމަ ގިނަ މުދާ އެއްފަހަރާ ގަތުމަކީވެސް މުދަލުގެ އަގު ހެޔޮވާ ކަމެކެވެ.

މިގޮތަށް މިކަން ކޮށްފިނަމަ، ވިޔަފާރިވެރިޔާގެ ޖީބަށް ވާ ލުއީގެ ސަބަބުން އެވިޔަފާރިވެރިއެއްގެ ފިހާރަތަކުގައި ވިއްކާ މުދަލުގެ އަގުވެސް އަތްފޯރާ ފަށެއްގައި ދެމެހެއްޓެއެވެ.

ހިދުމަތުގެ އަގުތަަކުގައި ހުންނަ ފަރަގަށް ބަލާލިކަމުގައިވިޔަސް މުހިންމު ކަންކަން ފާހަގަވެއެވެ. މިސާލަކަށް ޒަރޫރީ އަދި އަސާސީ ބޭނުންތައް ނެގުމަށްފަހު، ކޮންމެ ރައްޔިތަކުވެސް ދެން އެންމެ ބޭނުންވާނެ އެކައްޗަކީ ރައްކާތެރިކަމެވެ. އެގޮތުން އިންޝުއަރަންސް ހިދުމަތުގެ އެންމެ އާންމު ބާވަތް؛ މޮޓޯ އިންޝުއަރަންސްއަށް ބަލާލަމާ ހިނގާށެވެ.

މޮޓޯ އިންޝުއަރެންސް ގައި ހިމެނެނީ ދެ ވައްތަރެކެވެ. އެއީ ރާއްޖޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ގާނޫނުން ލާޒިމްކުރާ، ތާޑް ޕާޓީ އިންޝުއަރަންސާއި އިހްތިޔާރީ ޕެކޭޖުގެ ގޮތުގައި ފޯރުކޮށްދޭ ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސެވެ.

ރާއްޖޭގައި އާންމުކޮށް ދުއްވާ ސައިކަލުތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ތާޑް-ޕާޓީ މޮޓޯ އިންޝުއަރެންސްގެ އަގަކީ އަހަރަކަށް 175 ރުފިޔާއެވެ. މިއީ މަގުމަތީގައި ދުއްވާ އުޅުމުގައި ތިމާގެ އިހުމާލުން ތިންވަނަ ފަރާތަށާއި އޭނާގެ ވެހިކަލަށް ލިބޭ ގެއްލުމަށް އެއް ލައްކަ ރުފިޔާ އާއި ހަމައަށް ބަދަލު ލިބޭ ޕެކޭޖެވެ. ނަމަވެސް މިއަދަދު ކަވަރު ކުރާނީ ޑިޑަކްޓަބަލްގެ ގޮތުގައި ކަނޑަައަޅާފައިވާ 2500 ރުފިޔާ ކެނޑުމަށްފަހުއެވެ.

ލާޒިމްކޮށްފައިވާ ޕެކޭޖާއި ހިލާފަށް، ގިނަ ކަވަރޭޖްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ އިހްތިޔާރީ ޕެކޭޖު؛ "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕެކޭޖު ފޯރުކޮށްދޭ އަގުތައް މާކެޓުގައި ތަފާތެވެ. އަޅާ ކިޔާލާއިރު އެއް ކަންކަމެއް ހިމެނޭ މިޕެކޭޖުތަކުގައި އަގުގެ ތަފާތު ހިމެނެނީ ކީއްވެތޯ ސުވާލުކުރުމުގެ ބަދަލުގައި އަގު ހެޔޮކޮށް ހިދުމަތް ދޭ ފަރާތް ހިޔާރުކުރެވެއެވެ.

ސަބަބަކީ ވަގުތަށް އަތަށް ލުުއިވެފައި މިއީ އެންމެ ފައިދާހުރި ގޮތްކަމުގައި ފެންނާތީއެވެ. ނަމަވެސް ކަމުގެ ހަގީގަތަށް ބަލާލާއިރު، ކޮމްޕްރިހެންސިވް އިންޝުއަރަންސްގެ އަގު ހެޔޮކޮށް މިފޯރުކޮށްދެވެނީ ޑިޑަކްޓަބަލް ރޭޓު ބޮޑުކޮށްގެންނެވެ. މާނައަކީ މިޕެކޭޖުގެ ޕްރިމިއަމްއަށްވާ ފުރިހަމަ އަގު ކަނޑައެޅެނީ ވެހިކަލްގެ އަގާއި އުމުރު އަދި އިންޖީނު ކެޕޭސިޓީއަށް ބެލުމަށްފަހުއެވެ. ޑިޑަކްޓަބަލް ވެސް ކަނޑައެޅެނީ މި މައުލޫމާތަށް ރިއާޔަތްކޮށެވެ.

ނަމަވެސް ބައެއް އިންޝުއަރެންސް ކުންފުނިން ދޭ ހިދުމަތުގައި އަގު ކުޑަ ކުރުމުގެ ނިޔަތުގައި ޕެކޭޖުގެ އަގު ކުޑަކޮށް ޑިޑަކްޓަބަލް ރޭޓު ބޮޑު ކުރެއެވެ. މިހެން މިކަން ކުރުމުން ދުރު ރާސްތާގައި ކަސްޓަމަރަށް ލިބޭ ގެއްލުން ފޫ ނުބެދޭ ފަހަރުވެސް އާދެއެވެ. ސަބަބަކީ، ޑިޑަކްޓަބަލް އަކީ އެކްސިޑެންޓަކާއި ކުރިމަތިވެ ބަދަލަށް އެދުމުން އިންޝުއަރަންސް ކުންފުނިން ބަދަލުގެ ގޮތުގައި ހަމަޖައްސާ ފައިސާ އިން ކަނޑާ އަދަދެއް ކަމުގައި ވާތީއެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި ކަނޑައަޅާފައިވާ ޑިޑަކްޓަބަލް އަކީ ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގެ އިންޝުއަރަންސް ކުންފުނިންވެސް އަމަލު ކުރާ އުސޫލެކެވެ. ނަމަވެސް މިކަމުގައި އާންމު މައުލޫމާތުގެ ގޮތުގައި ނޭންގި އޮންނަ އެއް ކަމަކީ ހިދުމަތް ބޭނުންކުރާ ފަރާތްތަަކާއި ހިދުމަތްދޭ ފަރާތްތައް ވާހަކަ ދައްކައިގެން މިއަދަދަށް ބަދަލު ގެނެވޭ ކަމެވެ. ނަމަވެސް ބަދަލު ގެނައުމުގައި ހަނދާން ކުރަންވީ ބޭނުންވަނީ ވަގުތީ ލުޔެއްތޯ ނުވަތަ ދާއިމީ ލުޔެއްތޯ އެވެ. އަގާއި މެދު ފަރުވާތެރިވެ، ރައްކާތެރިކަމަށް ބުރު ނާރާނޭހެން ފުުރިހަމަ މައުލޫމާތު ހޯދާ ލިބިގަނެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ.

އިންޝުއަރެންސް ލުއިތަކުގައި ވާހަކަ ދައްކާލާއިރު މިއީ މިހާރު ރާއްޖޭގައި އަތުކުރީގައި އޮތް ހިދުމަތެކެވެ.

މި އާޓިކަލް ކިޔާލުމަށްފަހު ވެސް، ވަގުތުން މޮޓޯ އިންޝުއަރަންސް ނެގިދާނެ އެވެ. އިތުރު މައުލޫމާތު ހޯދުމަށް އަދި މޮޓޯ އިންޝުއަރެންސް ނެގުމަށް https://myallied.mv/ އަށް ޒިޔާރަތްކޮށްލާށެވެ. ސުވާލެއް އޮތްނަމަ ހިލޭ ގުޅޭ ރާއްޖޭގެ އިންޝުއަރަންސް ނަމްބަރު 1600 ގުޅާލާށެވެ.

ރައްކާވެތިބިއްޔާ!

comment ކޮމެންޓް