އިންތިޒާރަށް ނިމުން، ރާއްޖެއަށް ސްޕޮޓިފައިގެ ހިދުމަތް

މިޔުޒިކް ސްޓްރީމިން ޕްލެޓްފޯމު، ސްޕޮޓިފައިގެ ހިދުމަތް ރާއްޖެ ހިމެނޭހެން އިތުރު 80 މާކެޓަކަށް ފުޅާކުރަަން ނިންމަައިފި އެވެ.

ދިވެހި ގިނަ ޒުވާނުން މިހާރުވެސް ބޭނުން ކުރާ ސްޕޮޓިފައި އިން ރޭ ބުނީ އޭޝިއާ، އެފްރިކާ، ކެރީބިއަން، ޔޫރަޕް އަދި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކަށް އެ ޕްލެޓްފޯމް ހުޅުވާލާނެ ކަމަށެވެ.

ރާއްޖެ އާއެކު މި ސަރަހައްދުން ސްޕޮޓިފައިގެ ހިދުމަތް ދެން ފަށާ ގައުމުތަކުގެ ތެރޭ ސްރީލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާންވެސް ހިމެނެ އެވެ.

މިއާއެކު އެ ޕްލެޓްފޯމުގެ ހިދުމަތް މިހާރު ނުލިބޭ ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށްދެވޭނެ ކަމަށް ސްޕޮޓިފައި އިން ބުނެފައި ވެއެވެ.

އިތުރުގައުމުތަކަށް ހިދުމަތް ފުޅާ ކުރާއިރު މިއީ ސްޕޮޓިފައިގެ ހިދުމަތް މިހާ ފުޅާކުރާ ފުރަތަމަ ފަހަރެވެ. އަލަށް ހިދުމަތް ދޭންފަށާ 80 ގައުމާއެކު ސްޕޮޓިފައިގެ ހިދުމަތް ދޭ ގައުމުތަކުގެ ޖުމްލަ 180 އަށް އަރާނެ އެވެ.

"މިހާރުވެސް ދުނިޔޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ސްޕޮޓިފައިގެ ހިދުމަތް ލިބ،ޭ އެހެންނަމަަވެސް އެތައް މިލިއަން ކްރިއޭޓާސް އަދި އެހުންތެރިން އެބަތިބި ހިދުމަތް ނުލިބޭ ސަރަހައްދުތަކުގައި އުޅޭ،" ސްޕޮޓިފަިއގެ ސީއީއޯ ޑެނިއަލް ވިދާޅުވެފައި ވެއެވެ.

އަލަށް ހިދުމަތް ފަށާ ގައުމުތަކުގައިވެސް ހިލޭ ހިދުމަތަށް ސައިންް އަޕްކޮށް ޕްރިމިއަމް ޕްލޭން ނެގޭނެ އެވެ. އަދި ކިޔަވާކުދިންނަށާއި އާއިލާތަކަށް ހާއްސަ ޕްލޭންތައް އާ މާކެޓުތަކަށްވެސް އޮފާކުރާނެ އެވެ.

ސްޕޮޓިފައި ބޭނުންކުރާ 345 މިލިއަނަށް ވުރެ ގިނަ މީހުން ތިބިއިރު މިއީ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސްޓްރީމިން ޕްލެޓްފޯމެވެ. ޕޭއިން ސަބްސްކްރައިބަންގެ ގޮތުގައި 155 މިލިއަން މީހުން ސްޕޮޓިފައިގެ ހިދުމަތް ބޭނުން ކުރެ އެވެ.

comment ކޮމެންޓް