މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވީ 161 މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 161 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވީ މާލެއިން 139 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ހަތަރު މީހަކާއި، ހިންގަމުންދާ ރިޒޯޓުތަކުން 17 މީހަކާއި، ސަފާރީ ފަދަ ލިވް އެބޯޑްތަކުން މީހެކެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކާއެކު ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 18،930އަށް އަރައިފަ އެވެ.

މިވަގުތު 2512 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެެއިން 162 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރެވިގެން ފަރުވާދެމުންދެ އެވެ.

މިއަދު ބަލިން ރަނގަޅުވީ 155 މީހުންނެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 16،351އަށް އަރައިފަ އެވެ.

މިހާތަަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ 60 މީހުންނެވެ.

comment ކޮމެންޓް