ބައްޗަން ޕާންޑޭގެ ޝޫޓިން ކްރިތީ ނިންމާލައިފި

ބައްޗަން ޕާންޑޭގެ ޕޯސްޓަރެއް---

ފަހަކަށް އައިސް ގިނަ ފިލްމުތަކަކުން ޖާގަ ހޯދަމުން އަންނަ ބަތަލާ ކްރިތީ ސެނަން 30، އޭނާގެ ކުރިއަށް އޮތް ފިލްމު "ބައްޗަން ޕާންޑޭ"ގެ ޝޫޓިން ނިންމާލައިފިއެވެ.

ޖައިސަލްމާރުގައި ފިލްމުގެ ޝޫޓިން ކާމިޔާބު ކަމާއެކު ނިންމާލުމަށްފަހު ކްރިތީ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ ޝޫޓިން ފަށައިގެން ނިމުނު އިރު ވެސް ރޭކާނުލި ކަމަށެވެ. މި ފިލްމުގެ ޝޫޓިން ވެގެންދިޔައީ ވަރަށް ހިތްހަމަޖެހޭ މަޖާ އަދި ހަނދާނުން ފޮހެލަން ދަތި ޝޫޓިން އަކަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ ފިލްމެކެވެ. ފިލްމުގެ ފިރިހެން ލީޑު ރޯލުން ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ފެނިގެންދާއިރު ސާޖިދު ނަޑިއަދުވާލާ ޕްރޮޑިއުސްކޮށް ފަރްހާދު ސަމްޖީ ޑައިރެކްޓްކުރާ ފިލްމެކެވެ.

ބައްޗަން ޕާންޑޭ އަކީ 2014 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ރިމޭކެކެވެ. އެ ފިލްމަކީ ދުޝްމަނުންގެ ކިބައިން އާއިލާ ހިމާތްކުރަން މަސައްކަތްކުރާ ހިތްހެޔޮ މީހެއްގެ ވާހަކަކިޔައިދޭ ފިލްމެކެވެ. އަކްޝޭ ގޭންގް ސްޓާރެއްގެ ރޯލުން ފެނިގެންދާއިރު މި ފިލްމުގައި ކްރިތީ ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.

comment ކޮމެންޓް