ޑިމާންޑު ދަށްވެ ކެތޭ ޕެސިފިކް އަށް ގެއްލުން

ކެތޭ ޕެސިފިކްގެ ފްލައިޓެއް ---

ހޮންގްކޮކްންގެ ފްލެގް ކެރިއާ، ކެތޭ ފެސިފިކްގެ ކޮންމެ 10 ސީޓަކުން ނުވަ ސީޓު ހުސް ކަމަށާއި ދަތުރު ތަކަށް ޑިމާންޑު ނެތް ކަމަށް ބުނެފި އެވެ.

ކެތޭ ޕެސިފިކް އިން ބުނީ މިދިޔަ ޖެނުއަރީ މަހު އެވްރެޖުކޮށް އެ އެއާލައިނުން ދުވާލެއްގެ މައްޗަށް 981 ފަސިންޖަރުން އުފުލި ކަމަށެވެ. މިއީ ކޮންމެ 10 ސީޓަކުން ނުވަ ސީޓު ހުސްކޮށް ކުރަން ޖެހުނު ދަތުރުތަކެއް ކަމަށާއި މިދިޔަ ހަތް މަހުގެ ތެރޭގައިވެސް ދަތުރުތަކަށް އެންމެ ޑިމާންޑު ދަށް ދުވަސްވަރު ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.

ހާއްސަކޮށް ކެތޭ ޕެސިފިކްގެ މުހިއްމު މާކެޓުތައް އަދިވެސް ބަންދުކޮށްފައި އޮތުމާއި ޔޫކޭ ފަދަ ބޮޑެތި މާކެޓުތަކަށް ދަތުރު ކުރުމުގައު ހުރި ގޮންޖެހުންތަކުގެ ސަބަބުން މާކެޓް ޑިމާންޑު ދަށަށް ގޮސްފައިވާކަމަށް އެ އެއާލައިނުން ހާމަކުރެއެވެ.

އެވްރެޖުކޮށް ބަލާނަމަ އެ އެއާލައިނުން ދަތުރު ކުރާ ފަސިންޖަރުންގެ އަދަދު 99 ޕަސެންޓް ވަނީ ދަށްވެފައި ކަމަށް ކެތޭ ޕެސިފިކް އިން ބުންޏެވެ.

ކެތޭ ޕެސިފިކްގެ ޗީފް ކަސްޓަމާ އެންޑް ކޮމާޝަލް އޮފިސަރު ރޮނަލްޑް ލެމް ވިދާޅުވީ މިދިޔަ އަހަރު ކޮވިޑް19 އާއި ގުޅިގެން އައި ގޮންޖެހުންތައް މި އަހަރުގެ ޖެނުއަރީ އާއި ހަމައަށް ދެމިގެން ގޮސްފައިވާ ކަމަށެވެ.

"ހާއްސަކޮށް ކޮވިޑްގެ އާ ސްޓްރެއިންތަކާ ހަރުކަށި ލޮކްޑައުންތަކުގެ ސަބަބުން ވިޔަފާރި އަށް ބޮޑު އަސަރެއް ކުރި. ކުރިއަށް ހުރި ދުވަސްތަކުގައިވެސް، ހޮންކޮންގް އަދި އެެން ސަރަހައްދުތަކުގައިވެސް ހަރުކަށި ގައިޑްލައިންތަތަށް ދެމި އޮވެއްޖެ ނަމަ އިތުރު ޗެލެންޖަކަށް ވާނެ. އެކަމަކުވެސް މި މަސައްކަތްކުރަީނީ ހާލަތާ އެއްގޮތަށް ހޭނިގެން މާކެޓް ޑިމާންޑާ އެއްގޮތަށް އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.

ކެތޭ ޕެސިފިކް އިން މިހާރު ނިންްމާފައިވަނީ 16 މަންޒިލަކަށް ދަތުުރުތައް ބޭއްވުމަށެވެ.

ހާލަތާއެކު އެހެން މަންޒިލުތަކަށް ކުރާ ދަތުރު ހުއްޓާލާފައިވާއިރު އޮޕަރޭޝަންތަކަށް މަހެއްގެ މައްޗަށް 245 މިލިއަން ޑޮލަރު އެ އެއާލައިނުން ހޭދަކުރާނެ ކަމަސް ވަނީ އަންދާޒާ ކޮށްފައެވެ.

comment ކޮމެންޓް