"ޖެހިގެން އަންނަ ސިކުންތުކޮޅުގައި ވެދާނެގޮތެއް ނޭގުނަސް ކުރިއަށް ދިޔުމުގެ ހިތްވަރު ލިބެނީ ﷲ ސުބުހާނަހޫ ވަތައާލާއަށް އިތުބާރުކޮށް މިންވަރަށް އީމާން ވެވޭތީއެވެ. ނަމަވެސް ދުނިޔޭގެ ވަގުތީ އުފަލަށް ހެއްލިގެން ދާކަށް ނުވާނެއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކާ މަސައްކަތްކުރާށެވެ."

***

"ހޭއި އެވްރީވަން. މީޓް މައި ބިއުޓިފުލް ވައިފް ޑޮކްޓަރ ގަޒަލް...................." މިލާން ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އަމިއްލަ ހައްގެއްހެން ހީވާފަދަ ގޮތަކަށެވެ. އޭނަ ނިކަން ހަމަޖެހިލާފައި ގަޒަލް އަތްދަނޑި މައްޗަށް ނެގިގޮތަށް ގޮނޑިއެއްގައި ބޭންދިއެވެ. އަދި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ގަޒަލް އަށް ދެކޮޅު ހަދާނެ ވަގުތެއްވެސް ނުލިބުނެވެ. އެންމެން މިލާންއަށް ހައިރާންކަމާއެކު ބަލަމުން ދިޔައީ އޭނަ މޮޔަވީކަމަށް ހީކޮށެވެ.

"ޑޮކްޓަރ މިލާން. މޮޔަވީތަ؟ " ކެތްނުވެގެން ޖައިޝް އެހިއެވެ.

"އެއީ ތެދެއް. ޑޮކްޓަރ މިލާންއަކީ ގަޒަލް ގެ ހަޒްބެންޑް..." ރެއިނާ ލަދުން ހުރެފައިވެސް އަވަހަށް މިލާންގެ ދިފާއުގައި ބުނެލިއެވެ.

އޭރު އެތައް ލޯތަކެއް އެދިމާލަށް ހުއްޓިއްޖެއެވެ. ގަޒަލް ރެއިނާގެ އަތުގައި ވިކައިގަތުމުން ލޮލުން ފެން އަންނަވަރުވިއެވެ. ގަޒަލް އޭނަ ބުނި ޖުމްލައަށް ރައްދުދިން ގޮތުން ރުޅިއައިކަން އޭނަ ދެނެގަތެވެ.

"ހީއިޒް މެރީޑް؟ "ޖައިޝްގެ ނަޒަރު ރެއިނާއިން މިލާންގެ މޫނަށް ހުއްޓުނެވެ. " އާ ޔޫ މެރީޑް؟ "

ލޭކެންގެ ނަޒަރުގައިވެސް ވީ ކުށްވެރި ކުރުމެވެ. އެންމެ ގާތް އެކުވެރިންނަށްވެސް ސިއްރުން ކައިވެނި ކުރީއެވެ.

"އެހާ ޒާތީ ކަންތައްތައް ޝެއާ ކުރަން ޖެހޭތަ؟ ދެން ބުނާނެ ބެޑްރޫމް ސިކްރެޓްތައް ކިޔާދޭށޭ......" މިލާން މަޑުމަޑުން އަތް ހޫރައިލީ އެ ވާހަކަ އެހިސާބުން ނިންމާލާށޭ ބުނާފަދަ ގޮތަކަށެވެ. ގަޒަލްގެ ކޯތާފަތަށް ހަށިގަނޑުގައިވާ ހުރިހާ ލޭތަކެއް ޖަމާވިއެވެ. ލަދުން ކަމެއް ނޫނީ ރުޅިންކަމެއް އޭނަގެ މޫނަށް ބަލާލި މީހަކަށް އެނގުނު ކަމަކަށް ނުވިއެވެ. ހީލްގެ އަޑު އެތަނުގައި މާބްލްމަތީ ގުގުމައިލިއެވެ.

"ކަށިހަންޑި ޓޮއްޓޮއް ގޮއްވަމުން އައީ. ބޮލަށް އުދަގޫ ކުރަން އޭނަ މިތަނަށް މިއައީ އަހަރެމެން އައިކަން އެނގޭތީކަން ޔަގީން. ޖީޖީ ކެނެޑާވީމަ އަހަރެމެން މިތަނަށް އިންޓަން ހަދަން އަންނާނެކަން އެނގޭތީ........"ދޮރުމަތިން ބެލާ ފެނުމާއެކު ރެއިނާ ދަތްތަކަށް ބާރުލިއެވެ. ބެލާ ގެ ހިނިތުންވުމުން އެންމެންގެ ސަމާލުކަން ހޯދިއެވެ. ތިމާވަރުގެ މާތް މީހެއް ނެތްކަން ދެއްކެން އަދަބުވެރިކޮށް ސަލާމް ކުރުމަށްފަހު އޭނަ ރެއިނާމެންނާއި ގާތުގައި ހުރި ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ. ބެލާގެ ސަބަބުން ގަޒަލްއާއި މިލާންގެ އޮތް ގުޅުންވެސް އެންމެން ވަގުތީގޮތަކަށް ހަދާން ނެތުނެވެ. އެވަގުތު މިލާން އޭނަ ލައިގެން ހުރި ސޫޓު ބާލާފައި ރެއިނާގެ އަތަށް ދިއްކޮށްލިއެވެ.

"މި ދޮވެލައްޗޭ. ކޮފީ ބުރައިގެން ދިޔައިމަ މެއިޑް އަތަކަށް ނު ދޭންވާނީ...." މިލާންގެ ޖުމްލައާއެކު ރެއިނާގެ މޫނު އެއްކޮށް ހުދުވިއެވެ. ވަންނަން ލޯވަޅެއް ނަމަވެސް ފެންނާނެނަމައެވެ. ލަދުން މަރުނުވެ ސަލާމަތް ވީ އަދި އަޖަލު ނުޖެހޭތީއެވެ.

"އޯ.....މިއީ ސަރގެ މެއިޑްތޯ؟ "ބެލާ އެހިއެވެ.

"ނޫން. ގަޒަލްގެ.." މިލާން ބެލާއަށް އެއްލޯ މަރައިލުމުން ބެލާ ގެ މޫނަށް އެ ޖެއްސި ވައްތަރުން ފޮނިވީވަރު ގަޒަލްއަށްވެސް އެނގުނެވެ.

"ތިހެން ބުނީމަ މިޔަގީންވީ. ޔޫކޭގައި ކިޔެވިއިރު ރެއިނާ އަބަދުހެން ޑޮކްޓަރ ގަޒަލްގެ ޚިދުމަތުގައި އުޅުނު. ހުރިހާ ތަނަކަށް ގޮނޑިން ގެންގޮސްދީ ކާރަށް އަރުވަން އެހީތެރިވެ ކާން ގެނެސްދީ. އޭރު އެންމެން ހީކުރީ ފްރެންޑެއްވީމަ ކަމަށޭ..މިހާރު މިއެނގުނީ....." ބެލާ ރެއިނާ ނިކަމެތިކޮށްލާ ފަދަ ނަޒަރަކުން ބެލިއެވެ. އެ އަމަލުން ގަޒަލް ރެއިނާ ދެކެ އައި ރުޅި ފިލައިފިއެވެ. ބެލާގެ ދެލޯ މަތީ އެތިފަހަރެއް ޖަހަން ބޭނުންވިއެވެ. މިލާންއާއި ބެލާ ގުޅޭނެއެވެ. މިއީ އެއް ކަހަލަ ދެ ޝައިތާނުންނެވެ. ދެމީހުން އެކަކު އަނެކަކާއި ހިތާވިކަން އެތަނުގައި އެންމެން ކުރިމަތީ ހާމަކޮށްފި ނޫންހެއްޔެވެ؟ މިލާންދެކެ ކުރިން ނަފްރަތުކުރިއްޔާ ދެން އެ ނަފްރަތު އެތައް ހާސްބައި އިތުރުވެ އެ އަށް ދޭނެ ނަމެއް ޑިކްޝަނަރީއިން ފެންނާނެ ކަމެއް ނޭގެއެވެ. އޭނަ އެންމެން ކުރިމަތީގައި ރެއިނާގެ ނަން ސާފުކޮށްދޭނެއެވެ. ގަޒަލް ރެއިނާގެ މުށުތެރޭ ބޮނޑިވެފައި އޮތް ސޫޓު ދަމައިގަނެފައި މިލާންގެ އުނގަށް އެއްލާލައިފިއެވެ. އަދި ބެލާއާއި ނަޒަރު އަމާޒުކުރިއެވެ. އެ ރީތި ލޮލުން ތީރުތައް އުކާފަދައެވެ.

"އެކްސްކިއުޒް. މައުލޫމާތަށްޓަކާ ބުނެލަން. ޑޮކްޓަރ ރެއިނާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެން ޕެރެލައިޒްވީމަ މެއިޑަކަށް ބޭނުންވާކަމަށް ބުނެ އެފްބީގައި ޕޯސްޓްކުރީ. ރެއިނާ ކެނެޑާއަށް އައީ ރެއިނާ އަމިއްލަ މިޝަންއެއްގައި. އެކަމަކު އަހަންނާއި ދިމާވެ ސިމްޕަތީވެގެން ހެލްޕްވާން ނިންމީ. ފުރަތަމައިން ފެށިގެން އަހަރެމެން ދެމީހުން ގާތް އެކުވެރިންނަށްވީ. ސެލެރީ ދީގެން ގެންގުޅޭ މެއިޑެއްނޫން. ރެއިނާއަށް ސްކޯލާޝިޕްލިބުނީވެސް އޭނަ ޝަރުތު ހަމަވީމަ. ވީމަ ތިއީ ހަމަ އެއްވެސް ތާކުންތާކު ނުޖެހޭ އިލްޒާމެއް. ވީ އާ ފްރެންޑްސް....އިޒް ދެޓް ކްލިއަ ޑޮކްޓަރ ބެލާ ބިޗް ލޯ......." ފަހު ދެ ލަފުޒަށް ބާރު ލާފައި ގަޒަލް ބުނެ ނިންމާލީ ހިނިތުންވަމުންނެވެ. ކަޅި އަޅައިގެން ހުރެ ހިނިތުންވާން ގަޒަލް ދަސްކޮށްފިއެވެ.

"މިޗްލޯ........." ބެލާގެ މޫނުވެސް އެއްކޮށް ރަތްވިއެވެ. އެތެރެއިން އޭނަ ކެކި އަނދަނީއެވެ.

"ވަޓްއެވާ..." ގަޒަލްގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓުނެވެ. "ސޮރީ އަޅުގަނޑުމެންގެ ކުޑަ މިސްއަންޑަސްޓޭންޑިން އެއް އޮތީމަ އެކަން ރަގަޅުކޮށްލަން ވަގުތުކޮޅެއް ބޭކާރުކޮށްލެވުނީމަ. ރެސްޕެކްޓެޑް ޖެންޓްލްމެން. ކޮންޓިނިއު..." ގަޒަލްގެ ވާހަކައާއިއެކު ބައްދަލުވުން ކުރިއަށް ގެންދެވުނެވެ. ނިއުރޮލޮޖީ ޑިޕާޓްމެންޓްގައި އިންޓާންއިން ކުރަން ޖެހޭ މަސައްކަތް ކިޔައިދީ އެކުދިންކޮޅު މިލާންއާއި ހަވާލުކުރެވުނެވެ. ބެލާހީވަނީ މިލާންއާއި ހިތާވެގެން އުޅޭހެންނެވެ.

ބައްދަލުވުން ނިމިގެން ފަހަރަކު މީހަކު ހުސްވަމުންގޮސް މިލާންއައި އެކުވެރިން އަދި ރެއިނާއާއި ގަޒަލް އަދި ބެލާއާއި އެކުވެރިޔާ މައިރީން ނޫން މީހަކު ނެތެވެ.

"ހުރިހާ ކުދިން ހިނގާ އަހަރެމެންގެ ޑިޕާޓްމެންޓް ބަލައިލަން..." މިލަން މިފަހަރުވެސް ބެލާއާއި ހަތަރުކަޅި ހަމަކޮށްލަމުން ދެތިންފަހަރަށް އެއްލޯ ކުނަކޮށްލައިފިއެވެ. ތަކުރާރުކޮށް ދެތިން ފަހަރުއެވެ. ބެލާ ތުއިވެ މޫނު ރަތްކޮށްލި ތަނާ މިލާން ގޮސް ގަޒަލްގެ ގޮނޑީގައި ހިފެހެއްޓިއެވެ. ބެލާގެ ނިތަށް އެތައް ރުލެއް އަރައިފިއެވެ. ހަށަން ބަދެލިއެވެ.

"ޑޮކްޓަރ މިލާން......އެކަމަކު...ކީއްވެގެންތޯ؟ "

"އަނހަ. އަދި ބެލާއަކަށް ނޭގޭ ދޯ. މިއީ އަހަރެންގެ ވައިފް. އަހަރެމެންގެ ކައިވެންޏަށް ފަސް އަހަރު ވެއްޖެ....................."މިލާން ބުމަ އަރުވާލައިފިއެވެ.

"ވަޓް؟ " ބެލާގެ އަނގަ ހުޅުވުނެވެ.

"އޯނޯ ބެލް.. އަނގަ ލައްޕާލާ. މިހާރު ހީވަނީ ގިނިކާ މާ ދޫންޏެއް އަނގަޔަށް ވަނީމަ ހުޅުވިފައި އިންހެން.." ރެއިނާއަށް އިތުރަށް ކެތެއް ނުވިއެވެ. "ލޯވެސް ފުންމާލަފާނެ. ހަމަޖެހިލާ. އެހާ ހައިރާންވެ މީހާ ހުއްޓޭވަރުގެ ވާހަކައެއް އަދި މިތާކު ނުދެކެވޭ. ގަޒަލްއަކީ މީހަކަށް ލިބޭނެ އެންމެ ރަގަޅު ވައިފް. ދިމާވި ކަމަކުން ޕެރެލައިޒްވިޔަސް އަދި ހިނގޭނެ އިންޝާﷲ.....މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ "ބީ" ވަހީ ކުރެއްވުމުން އެކަމެއްވާނެ. އެގޮތަށް އަހަރެމެން މުސްލިމުން ދެކެނީ. ޑޮކްޓަރ މިލާންއަކީ އަދި ހަމައެކަނި ގަޒަލްގެ ހަޒްބެންޑްއެއްނޫން. ކަޒިންވެސް މެ................." ރެއިނާ އެހެން ދުވަހަށްވުރެ ހަލުވިކަމާއެކު ވާހަކަ ދެއްކިއެވެ.

"ހެއްވާކަމެއް. ބޭބެ ކޮއްކޮ އަށް ކައިވެނި ކުރެވޭތަ؟"ބެލާ އަނގަ ހެދިއެވެ.

"ޝަޓަޕް ޝަޓަޕް...........ޝަޓަޕް....ފ*** އޮފް.." މިލާން ކުއްލިއަކަށް އަޑުހަރުކޮށް ކިޔާލި އެއްޗެހިތަކުން ބެލާ ވަގުތުން ބިރުގަނެ ކުޑަވެއްޖެއެވެ. މައިރީންވެސް އޭލިއަންއަކާއި ދިމާލަށް ބަލާފަދަ ނަޒަރަކުން މިލާންއަށް ބަލަން ހުއްޓެވެ. މިލާން ގަޒަލްގެ ގޮނޑި ދުއްވަމުންގޮސް ލިފްޓަށް އެރިއިރު އެހެން މީހުންވެސް އެކީގައި ގޮސް ލިފްޓަށް އެރިއެވެ. މިލާން ޗުއިންގަމެއް އަނގަޔަށް ލިއެވެ. ކަދުރާއަށް ތަދެއް އެރީކަން ނޭގެއެވެ. އެތަދު ރަގޅުކުރަން ހަރަކާތެއް ކުރަން ފެށިއެވެ. ޓުރެޓް ސިންޑްރޯމްއަކީ ކޮން ބަޔެއްކަން ބައެއްފަހަރު މެޑިކަލް ޑޮކްޓަރުންނަށްވެސް ނޭގޭތީ ބެލާއާއި މައިރީން އަދި ރެއިނާމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނަގެ އެކުވެރިން ފޯނާއި ކުޅެން ތިބީ އެކަން "ނޯމަލް" ކަމެއްގެ ގޮތުގައި ބަލައިގެންނެވެ.

މިލާންގެ ޑިޕާޓްމެންޓަށް ވަދެފައި އެތަނުގައި މަސައްކަތް ކުރާ ގޮތާއި ދުވާލުގެ ތާވަލް ކިޔާދީފައި ތިއޭޓަރުގެ މަސައްކަތްވެސް ދައްކާލައިފިއެވެ. މެޝިންތަކުގެ މޮޅުކަމާއި ތަނުގެ ރީތިކަމާއި ވިއުއިންވެސް ހިތްތައް އަތުލައިގަންނާނެއެވެ.

"އިމްޕްރެސްޑް ؟ " މިލާން ފަޓުލޫނުގެ ޖީބަށް އަތް ޖަހައިލިއެވެ.

"ޔެސް ސަރ..." ބެލާ ރީތި ހިނިތުންވުމެއް ހަދިޔާކުރިއެވެ.

"ކޮން ނަމެއް ކިޔަނީ ހަދާން ނެތިއްޖެ.." މިލާން އެހިއެވެ.

"ބެލާ......ޑޮކްޓަރ ބެލާ މިޗްލޯ....."

"ބެލާއަށްވުރެ ބަލާ ކީމަ މަށަށް މާ ރީތި. އެހެން ކިޔަންތަ؟ " މިލާން އެހިއެވެ.

ރެއިނާ ފަޅަފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މިލާންގެ ކާބަފައިންގެ ތެރޭ ދިވެހިން ތިއްބަސް އަދި ރާއްޖެ ދިޔަކަމުގައި ވިޔަސް އޭނައަށް ދިވެހިބަސް އެއްކޮށް އެނގޭނެ ގޮތެއް ނެތެވެ. އަބަދުވެސް އޭނަ ވާހަކަ ދައްކަނީ އިނގިރޭސިންނެވެ. ވީއިރު "ބަލާ" އެބަހުގެ މާނަ އެނގޭނީ ކިހިނެއްހެއްޔެވެ؟ ޔަގީނުންވެސް ލޭކެންއާއި ޖައިޝްއަށް އެބަހުގެ މާނަ އެނގޭނެއެވެ. އޭނައަށް ހެވުނު ސަބަބު އެމީހުންނަށް އެނގޭނެއެވެ. ޚުދު ލޭކަންގެ ތުންފަތަށްވެސް ލާނެތް ހިންޏެއް ވެރިވިއެވެ. ބެލާ ފޮނިވެގަތެވެ. އޭނަ ހީކުރީ މިލާން އޭނައަށް ޚާއްސަ ނަމެއް ދޭންވެގެން ކީ ނަމެއްގެ ގޮތުގައެވެ.

ގަޒަލް ކެތްކުރީ އަދި އެހެން ސަބަބަކާއިހެދިއެވެ. އޭނަ ޔޫކޭގައި އުޅުނުއިރު ފިރިހެންކުދިންތައް އޭނައާއި ހެދި ކޮންމެވެސް ވަރަކަށް އުޅުނެވެ. ނަމަވެސް ގަޒަލް ދެކުނީ ކޮންމެވެސް ގޮތަކުން އޭނަގެ ހަގީގަތް އެނގި ފައިސާގެ ފަހަތުން ދުވަނީ ކަމަށެވެ. ތެދުވެރި ލޯތްބެއް ވާ މީހަކު ނުކުޅެދޭ ކުއްޖަކާއި ހެދި އުޅެދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. މިތަނަށް އައުމުން މިލާންގެ މަޝްހޫރުކަން އެނގުނެވެ. ބެލާގެ ލޮލުން މިލާން ކާލަފާނެހެން ހީވުމާއެކު ބެލާގެ ފަރާތުން ބަދަލު ހިފަން އޭނަ މިލާންގެ އަންހެނުންގެ ގޮތުގައި ހުރުން އެންމެ ރަގަޅު ނޫންހެއްޔެވެ؟ އޭރުން އޭނަ ފަދަ ނުކުޅެދޭ ކުއްޖަކަށް ވާލެއް ނުވާކަމަށް ބުނެ ބެލާމެން ކަހަލަ ރޭސިސްޓު ނުލަފާ އަންހެނުންނަށް މަލާމާތެއް ނުކުރެވޭނެއެވެ. ނުކުޅެދޭ ކުއްޖަކަށް ވިޔަސް އޭނަގެ ފިރިމީހާއަކީ ނިއުރޮލޮޖީގެ އެސިސްޓެންޓް ހެޑް އެވެ. ވީއިރު އޭނަ ޖެހޭނީ ހާސް ނަފްރަތުގެ ޝުއޫރުތައް އިހަށް ފޮރުވާށެވެ.

ބެލާއާއި އޭނަގެ އެކުވެރިޔާވެސް އިންޓާން ހަދަން ކެނެޑާގެ ސްކައިމޯ ހޮސްޕިޓަލަށް އައުމުގެ ފުރުސަތު ލިބުނީ އެ ކުންފުނިން ދުނިޔޭގެ އެތަންމިތާގައި ސިއްހީ ޚިދުމަތް ދޭތަން ތަން ހުޅުވާފައިވާތީއެވެ. އިންޓާންއިންނަށްވެސް ފަންޑުކުރާތީއެވެ.

މިލާން ކާރުގައި ގެއާއި ހަމަޔަށް ގެންގޮސްދިނެވެ. ފުރޮޅު ލީ ގޮނޑި ސިޓިން ރޫމާއި ހަމަޔަށް ގެންގޮސް ދިނެވެ.

"ޑޮކްޓަރ މިލާން. އަހަރެން މަޑުން ހުރުމުން އަހަރެން އެކަމާއި އެއްބަސްވެ އުފަލުން އިނީއޭ ހީނުކުރާތި. ދުވަހަކު ހިތް ބަދަލެއްނުވާނެ. ގުޒްއަށް ހަދައިލިގޮތަށް ގިޔާމަތައި ހަމަޔަށްވެސް މާފުނުކުރާނަން. ނުކުޅެދޭ މީހަކަށްވީމަ ވާލެއް ނުވާނެއޭ ކިޔާތީ އެހެން ނޫންކަން ބެލާމެން ކަހަލަ ވިޔާނުދާ މީހުންނަށް ދައްކަން އަހަރެން ބޭނުންވީ. އެހެންނޫންނަމަ އެންމެންގެ ތެރޭ ބުނާނަމޭ އެންމެ ހޭޓްކުރާ ޑެވިލްއޭ. ކާފަގެ ވަސިއްޔަތަށްޓަކާ ނަމެއްގައި ކުރި ފޭކް މެރިޖެކޭ. އައި ހޭޓް ޔޫ ޑެވިލް... މިތަނުން ދޭ..." ގަޒަލް ކަޅި އަޅައިގަތެވެ. އޭރު އޭނަގެ ހިތް ރޫރޫ އަޅައެވެ. ނޭވާވެސް ހުއްޓޭވަރު ވެއްޖެއެވެ.

"ހޫމް އަހަރެންވެސް އެހެންވީމައޭ. އަންހެނުން މޮޔަވާވަރުން ވޯކް ކުރެވޭވަރެއް ނުވޭ. މެރީޑްކަން އެނގުނީމަ ބޮލަށް ފަސޭހަވާނެ.." މިލާން ޗުއިންގަމްގަނޑު ގަދަޔަށް ހަފަމުން ދިޔައެވެ. "ޑީލެއް ހަދަމާ ދޯ. އަހަރެންވެސް އަންހެންކުދިންގެ ފަރާތުން ސަލާމަތްވާންވެގެން މެރީޑްކަން އިއުލާން ކުރީ. އެހާ ބޭނުންނަމަ ފަސް އަހަރުވާންދެން ދުރުގައި އުޅޭނެތަ؟ ހަމަ މިވެސް ފޭކް ގުޅުމަކާއި ފޭކް ލޯބި. ދުނިޔެއަކީވެސް ފޭކްތަނެއް......."

"ހެވޭ ދެން." ގަޒަލް ވަކިން ރުޅިގަދަވިއެވެ.

"އަހަރެންގެ ގެއަށް ދަމާ. އޭރުންނެއްނު މި ޑްރާމާ ކުރިއަށް ގެންދެވޭނީ...."

"މިގޭގައި ކުރިން ހުރިގޮތަށް އެޓިކްގައި ދިރިއުޅެން އާދޭ..." ގަޒަލް ބުނެލިއެވެ.

"އަހަރެންގެ ގަނޑުވަރެއްފަދަ ރީތި ގެ ދޫކޮށްފައި ނާދެވޭނެއްނު. އެތަނުން މަދުވަނީ ހަމައެކަނި އެގޭގެ ރާނީ. ވީއިރު އެގެއަށް ދާން ބަލާ އަންނާނަން. ޕެކް ޔޯ ސްޓަފް....." މިލާން ދާން ހިނގައިގަތެވެ.

"އިން ޔޯ ޑްރީމްސް...." ގަޒަލް އަޑަށް ބާރު ލާފައި ހަޅޭއްލަވައިގަތެވެ.

"އާނ ތިބުނީ ތެދެކޭ. ދުނިޔެއަކީ ހުވަފެނެއް. އަދި އަހަރެމެން ހޭ ނުޖެހޭ...ހެހެ. " މިލާން އޭނައަށް ލޯ މަރާލާފައި ދިޔުމުން ގަޒަލް ދަތްތައް ވިކައިގަތެވެ.

"ރެއިނާ. އަހަރެންގެ ދަތްތައް ބިންދައިގެން ނުދިޔައީ ހަމަ ކިރިޔާ. ހާދަ ރުޅިގަދަވެއޭ...." ގަޒަލް ގޮނޑީގައ ދެއަތުން ތަޅައިގަތެވެ.

"ކެތްކުރޭ ލަވް. ބެލާއަށް ޖެއްސުމަކަށް މި ޑްރާމާވެސް ކުރިއަށް ގެންދަންވާނެ. އަހަރެންވެސް މިހިރީ މިލާންގެ ގެއަށް ޖީޖީއާއެކު ދާން ތައްޔާރަށް....." ރެއިނާ ހިނިގަނޑެއް ޖަހައިލިއެވެ."އިމޭޖިން ކޮށްބަލަ. އޭނައަށް ކުރާނެ ޖެއްސުމާއި ލަނޑު ދެވޭނެވަރު....."

"ވެލް....." ގަޒަލްގެ ހިތްވެސް ބަދަލުވާން އުޅުނެވެ. އޭނަ އަތުކުރީ އޮތް ގަޑިއަށް ބަލައިލިއެވެ. "މިހާރު މަންމައާއި ބައްޕަވެސް ގެއަށް ދުރުވާ ގަޑި އެޖެހެނީ....."

***

ރެއިނާއަށް ކެނެޑާގެ ރީތިކަން ހޫނު މޫސުމްގައި ދެކިލުމުގެ ފުރުސަތު މި ލިބުނީ އަލަށެވެ. ފަސްއަހަރު ކުރިން ބަހާރު މޫސުމްގައި އިންގްލެންޑަށް ހިޖުރަ ކުރިފަހުން އެ މީހުން ޗުއްޓީއަކުވެސް އެނބުރި ނާދެއެވެ. ގަޒަލް އެހާ ދުރު ދަތުރުކުރަން ބޭނުންނުވީއެވެ. ރެއިނާއަށް ކައިޔާންއާއި ސަޖަލްގެ ދިރިއުޅުމުން ފެންނަނީ ހަމައެކަނި ސޯޝަލް މީޑިއާގައި ދައްކުވާ މަންޒަރުތަކެވެ. އޭނަ އަޒުމް ކަނޑައަޅާފައި ހުރީ އެއްގޮތަކަށްވެސް އެފަދަ އެއްޗެއްގެ ބޭނުން ނުކުރުމަށެވެ. މެޑިސިންއާއެކު ގުރުއާނުގެ އިލްމު އުގެނުމުން ދީން ކިޔަވަމުން އެހެން ކަމަކަށް ވަގުތު އޮންނާނެހެއްޔެވެ؟ ލިބޭ ވަގުތުތަކުގައި ރީތިކޮށް ގުރުއާން ކިޔަވާ އޭނަގެ ޔޫޓިއުބު ޗެނެލްއަށް ލުން ނޫނީ ދެން މަދު ވަގުތެއްގައި ޑްރާމާއެއް ބަލައިލެވެއެވެ. އެއް ދުވަހު ކައިޔާންއާއި ސަޖަލް އެކީ ތިބި ފޮޓޯއެއް ދައްކައިލުމުން ރެއިނާއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. އޭނައަށް ފަހަކަށް އައިސް އެވާން ފެށިގޮތް އޭނަ ހުރީ ގަޒަލް ކައިރީ ނުވެސް ބުނާށެވެ. އެފަހަރުވެސް ފޮޓޯ ދެއްކުމާއެކު އޭނަގެ ނޭފަތުގައި ހަރުލީ ކައިޔާންގެ ހުންނަ ގުދުރަތީ ސެންޓުގެ މީރުވަހެވެ. ރެއިނާ އެވާހަކަ ހިއްސާކުރިއެވެ. ކައިޔާންގެ ފޮޓޯ ފެނުމުން އޭނައަށް ކައިޔާންގެ މީރުވަސް ދުވާ ކަމެވެ. ގަޒަލް ހީކުރީ ރެއިނާ ބުއްދި ގޯސްވީކަމުގައެވެ. ކައިޔާންގެ ފޮޓޯތައް ނުދައްކަން އޭނަ ނިންމިއެވެ. ރެއިނާގެ ސިކުނޑީގައި ކައިޔާން އެހާވަރަށް ހަރުލާފައި ނުވާނަމަ އެގޮތަށް ވަސް ދުވާންވީ ސަބަބެއް ނެތެވެ. ރެއިނާ ދެރަވެދާނެތީ ގަޒަލްވެސް އާއިލާގެ އެހެން ކުދިންގެ ވާހަކަ ދައްކާއިރުވެސް ކައިޔާންގެ ނަން ނުގަނެއެވެ. އެނގުނުހާ އެއްޗަކީ ސަޖަލް ޑިޒައިނަރަކަށްވެގެން ނިއުޔޯކްގައި ވިޔަފާރިއެއް ފަށައިގެން އެތަނުގައި ކައިޔާންމެން ދިރިއުޅޭ ކަމެވެ. ސުފިޔާންއާއި ސަބީނާ ގަޒަލް ތައުލީމް ހާސިލުކުރެވެންދެން އުޅުނީ ޔޫކޭގެ ވަޒީފާގައެވެ. ސުފިޔާންގެ މައިންބަފައިންވެސް އެގެއާއި ޖެހިގެން ހުރި ގޭގައި ސުފިޔާންގެ ކޮއްކޮއެއްގެ އާއިލާއަކާއެކުގައި އުފަލުގައި ދިރިއުޅުމުގެ އުފާތައް ލިބިގަންނަމުން ދިޔައެވެ. އެއީ އުފާވެރި ރީތި ހަދާންތަކެވެ.

ސުފިޔާންމެންގެ ގެއަށް ކޮންމެވެސް ވަރެއްގެ ބަދަލުތައް ގެނެސްފައިވިއެވެ. ކްރީމްއާއި ޕީޗްކުލައިން ޕެއިންޓްކޮށް ފަރުނީޗަރުވެސް ބަދަލުކޮށް ޒަމާނީ ފެންވަރަށް މަރާމާތުކޮށްފައެވެ. ގަޒަލް ބޭނުންވެގެން މިފަހަރު ލިބުނީ މަތީބައިގެ ކޮޓަރިއެކެވެ. ލިފްޓް ހުރުމުން އަދި ފުރޮޅުލީ ގޮނޑިން ތަންތަނަށް ދާން އުދަގުލެއް ނޫނެވެ.

ފެހިކަން ގަދަ ވިނަތަކާއެކު ގޭގެ ބަގީޗާގައި އެކި ކުލައިގެ މާތައް އިންދާ ޕޮޓްތަކުގައިވެސް ސްޓްރޯބެރީ ބްލެކްބެރީފަދަ ގަސްތަކަށް ދާންދެން އިންދާފައިވާއިރު ޕީޗްއާއި ޕްލަމްގަސްތައްވެސް މޭވާއިން ބަރާވެފައެވެ. ޕިއާސްއާއި އާފަލު ދޮންވެ ވެރެން ފަށާނީ ހޫނު މޫސުމް ނިމޭ ހިސާބުގައެވެ. އެކި ޒާތުގެ ދޫނިތައް ރާގުރާގަށް ލަވަ ކިޔަމުން އެއް ގޮފިން އަނެއް ގޮތްޕަށް ދަތުރުކުރާއިރުވެސް ރެއިނާއަށް ބަލަން ހުރެވެއެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމާއެވެ.

ރެއިނާ މެގްނޯލިއާ ގަސްތަކާއި ދިމާލުގައި ހުރި ފިޔާތޮށި ފިނިފެންމާ ގަސްބޮނޑި ފެނި މޮޔަވާވަރުވިއެވެ. އެތައް ސަތޭކަ މާތައް ފަރިވެ ފޮޅިފައިވާއިރު މުޅި ހިސާބުގައި އެ މަލުގެ ވަސް ހަރުލާފައެވެ. ކުޑަކޮށް ނަށާލަމުން ފޮޓޯ ނަގަމުން ދިޔައިރު އެ މަންޒަރު ވީޑިއޯ ކުރަން މީހަކު ހުރެދާނެއޭ ހިތަކަށް ނާރައެވެ. ކުއްލިއަކަށް މަލުގެ ވަހަށްވުރެ އޭނައަށް ކަމުދާ ހިތްގައިމު ވަހެއް ނޭފަތުގައި ޖެހުނެވެ. ކައިޔާންގެ ހަށިގަނޑުގައި ހުންނަ ގުދުރަތީ މީރުވަހެވެ. އޭނަގެ ފޮޓޯ ފެނުމުން ވާފަދަ ގޮތަކަށެވެ.

"ކީއްވެ މި މަލުން ކައިޔާންގެ ސްމެލް މިހިރީ؟ އަޖައިބެއްނު..." ރެއިނާ މަލުގައި ނޭފަތް ޖައްސާފައި ނިކަން ގަދަޔަށް ނޭފަތް ދަމާލައިފިއެވެ.

"އަދިވެސް ހަމަ އަހަންނާއި އަޅައިގެންފަ. މީހަކާ އިނީމަވެސް ސަލާމަތެއް ނުވެވުނު......." ކައިޔާންގެ އަޑު ކަންފަތުގައި ޖެހުމުން ސިހުނުވަރުން ރެއިނާ މޭގައި އަތް އެޅިގޮތަށް ހުއްޓުން އެރިއެވެ. ހުރިތަނަށް އޭނަ ހިލަވެއްޖެއެވެ. ކައިޔާން މިރަށުގައި ކުރަނީ ކީއްހެއްޔެވެ؟ އަދި މިބުނެވުނީ އެންމެ ރަގަޅަކަށް ނޫންތާއެވެ. އެމީހުން ކެނެޑާއަށް މިއައީ ފަސްއަހަރު ކޮށްފައެވެ. އެކަމަކު ކައިޔާން ކެނެޑާއަށް ޒިޔާރަތްކުރަނީ ކަމަށް ވެދާނެއެވެ. އެފަސް އަހަރު ތެރޭ ހުރި އެންމެ އަންހެންކޮއްކޮ ދެކެލަން ޔޫކޭއަށް އަންނާނެ ވަގުތެއްނުވި ފިރިހެނެކެވެ.

ރެއިނާ ލަސްލަހުން އެނބުރި ބަލާލައިފިއެވެ. ކައިޔާންގެ މޫނަށް ބެލުމުން ވަގުތުވެސް ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ. ޒުވާންކަން އިތުރުވެ މޫނުމަތިން ޅަކަން ކޮންމެވެސް ވަރަކަށް ކެނޑިއްޖެއެވެ. ލޮލު އެސްފިޔަތައްވެސް ހަރަކާތް ކެނޑި އަނގަ ހުޅުވިއްޖެއެވެ. ޖިންސަކާއި މުށި ކުލައިގެ ޓީޝާޓެއްގައި ހުރިއިރު ހަށިގަނޑުގެ ރީތިކަން ފައުޅުވެއެވެ.

"ފަސް އަހަރުވީމަ މެޗުއަ ވާނެކަމަށް ހީކުރީ. ޑޯކީ އައިނު ގަނޑު ޖަހައިގެން ހަމަ ކަޅު ބުރުގާގަނޑު އަޅާލާފައި ގޯންޏެއްވަރުގެ ހެދުމަކަށް އެރެވިގެން ހުރި ފޫހި ކުއްޖާގަނޑު................." ކައިޔާންގެ ތޫނު ދެލޮލުން އޭނަ އެކްސްރޭކޮށްލިކަން ރެއިނާއަށް ދެނެގަނެވުނެވެ. އޭނަ ލޯ މަރާލާފައި ދެތިންފަހަރު ފުންކޮށް ނޭވާލާފައި ލޯ ހުޅުވައިލިއިރުވެސް ކުރިމަތީގައި ކައިޔާން އެބަހުއްޓެވެ.

"ބަދަލުވިނަމަ އަޅައިގެން ވެއްޓުނަސް ނޭގޭނެތީ ހުރިގޮތަށް ހުރީ.." ރެއިނާގެ ޖުމްލައިން ކައިޔާން ދަތްތައް ފެންނަވަރަށް ހީލިއެވެ. އޭނަގެ ހާޟިރުގައި އެހާ ހިތްހެޔޮކޮށް ހީލަން އަދި ކިރިޔާ އެނގުނީއެވެ. ދަތްތައް ފެނުމުން ރެއިނާގެ ހިތް ވަކިން ތަޅުވާލައިފިއެވެ. ހުދުދަތްތައް ހުރި ރީތި ހިނިތުންވުމެއްގެ ވެރި އަދި އަބަދުހެން މީރު ލުއިވަހެއް ހިފާފައިވާ ފިރިހެންކުއްޖަކަށްޓަކާ ފިދާ ނުވާނީ ކާކުހެއްޔެވެ؟ އޭނަގެ ހިތުން ކައިޔާން ފިލުވައިލަން ހަދަންވީ ބޭހެއް ނޭގުނެވެ. ކައިޔާން ފަދަ ދަތްޕިލައެއް އޭނަވެސް ބޭނުމެވެ. "ކާކު ކައިޔާންގެ ޑެންޓިސްޓަކީ؟"

"އެހާ މޮޔަ..ސްޓުޕިޑް...އަހަރެން ޖީޖީއަށް ވިޒިޓްކޮށްލަން ޖައްސައިލީ...މަށަށް ނުފެނި އުޅޭތި.." ކައިޔާން އެހެން ބުނެފައި ދާން ހިނގައިގަތެވެ.

"ހަމަ އެ މިޒާޖު. ފުކެއްވަރު ބަދަލުނުވޭ. މި ފިރިހެނާގެ ފޮނިކަން ހައްތާ އިތުރުވީ. އެވަރުންވެސް އަހަންނަށް އެ ހަދާންތަކާއި ވަކިނުވަނީ ކީއްވެ؟ އެނގިއްޖެ މިވާގޮތް. އަހަންނަށް ދީނާއި ދުރުވެވުނީ؟ ދިރިއުޅުމުގެ ކަންތައްތަކާ އަވަދިނެތިގެން ނަމާދު ވެސް ގަޑިން ނުކުރަންޏާ ދިރިއުޅުން ކާމިޔާބުވާނީ ކިހިނެއްތަ؟ ޑޮކްޓަރަކަށް ވެވުނަސް ދިރިއުޅުމުގައި ދެކެން ބޭނުންވި ދުވަސްތައް ނުފެނުނު....މިކާ.....ކައިޔާން ފެނުމާއެކު މިކާ ދަރިފުޅު މަތިން ހަދާންވީ. މިކާ ދަރިފުޅު ކޮބާތަ؟ ހުވަފެނެއްގައިވެސް މަންމަ ގާތަށް ނާންނާނީތަ؟ ދަރިފުޅު ދުނިޔޭގައި ހުރިނަމަ މިހާރު އަށް އަހަރު ފުރޭނީ................" ރެއިނާ ވިނަގަނޑުމަތީ އިށީންގޮތަށް ކަކުލުގައި ބޯ ޖައްސާލައިފިއެވެ. ކަރުނަތައް އޮހިގަންނަން ގިނަ ވަގުތެއްވެސް ނުނެގިއެވެ.

މިކާހްގެ ހަދާންތައް ރެއިނާގެ ހިތަށް ބުނަން ނޭގޭފަދަ އަސަރުތަކެއް ކުރުވައިފިއެވެ.

"އެ ކައިޔަން ކިޔާ ކޭކުގަނޑާއިހެދި މިހުރިހާ ހިތާމައެއް ޖެހުނީ. އެކަމަކު އޭނަ ކިހާ އުފާވެރިކޮށް އެއުޅެނީ. އޭނަގެ ސަބަބުން އަހަރެންގެ ސިކުނޑިން ބައެއް ސެލްތައް މަދުވެ މޮޔަވާވަރު އެބަވޭ. ދުރުގައި ހުރިއްޔާ ކީއްތަވާނީ. އުދަގޫކުރަން އަނެއްކާ އަތުވެއްޖެ. ނުފެންނާށޭ. ދެލޯ ހުރިއްޔާ ފެންނާނެއްނު. ނުވީތާކަށް އަދިވެސް އަހަރެންގެ އައިނަށް ޖޯކުޖެހީ. ކަޅު ބުރުގާޔޯ. ސަޖަލް ބުރުގާ އަޅުވައިފިއްޔާ މާ ރަގަޅެއްނު............."

ހިތާމައާ އެއްވަރަށް ރުޅިވެރިކަން އޭނަ ވަށައިލަނީއެވެ.

***

ރެއިނާ ނިދީ ހަދާންނެތިގެން ކޮޓަރީގެ ދޮރު ނުލައްޕައެވެ. ގަޒަލް އޮތީ ނުނިދި ޚިޔާލަކަށް ގެއްލިފައެވެ. މިލާންގެ އަމަލުތަކާއިމެދު ވިސްނި ބިރުވެރިކަން ހިތަށް ވަނެވެ. ނިދީގައި ހިނގާފައި މިގެއަށް ވަދެފާނެހެއްޔެވެ؟ ނޫނެކެވެ. އޭނަ މިގެއަށް އަންނާނެހެން ހިޔެއްނުވެއެވެ. އެކަމާއި ބިރުގަތުމުގެ މާނައެއް ނެތެވެ. ހުޅުވާފައި ހުރި ކުޑަދޮރުން ވަންނަ ފިނި ރޯޅިތައް މީރުވަސް ދުވާ މާމެލާމެލީގެ މީރުވަސް ހިފައިގެން ގެނެސް ކޮޓަރިތެރެ ހުވަދު ލައްވަނީއެވެ. ކުޑަދޮރުން ބޭރަށް ބަލައިލުމުން ފުރިހަމަ ހަނދެއް ޝާއްބަކަމާއެކު ފަލަކުގައި ވިދާތަން ފެނުނެވެ. ކުޑަ މުގޮށި މީދަލެއް ކުޑަދޮރު މަތީގައި ގަޒަލްއަށް ބަލަން އޮތްތަން ފެނި ގަޒަލްއަށް ހިނިތުންވެވުނެވެ.

"ކިއުޓީ. ކީއްވެ ބަލަނީ؟ " ގަޒަލްއަށް މަޖާވިއެވެ.

މުގޮށި ސިހިދާނެތީ ނިކަން މަޑުމަޑުން އަތް ދަމާފައި ފޯނު ނެގިއެވެ. އަދި އެ ރީތި މަންޒަރު ފޯނުން ވީޑިއޯކޮށްލައިފިއެވެ. ހަނދު ވިލާގަނޑެއްގެ ނިވަލުގައި ފިލުމާއި މުގޮށި ފުންމާލުމާ ދެކަންތައްވީ އެއްފަހަރާއެވެ. ގަޒަލްއަށް ސިހުމެއް ލިބުނެވެ.

ރެއިނާގެ ފޯނި ރިންގުވާން ފެށިއެވެ. ރެއިނާ ކުއްލިއަކަށް ފޯނު ހިފައިގެން ތެދުވިއެވެ.

"ކީކޭ . ކިހިނެއްވީއޭ............."

ކުއްލިއަކަށް ރެއިނާ ރޮއިގަތް އަޑު މުޅި ގޭތެރެ ގުގުމާލައިފިއެވެ. ގަޒަލްގެ ގައިން ހީބިހިނެގިއެވެ. މުޅި ހަށިގަނޑު ގަނޑުފެން ބިލިގާއަކަށް ގަންބާލަވުނުފަދައެވެ. އެހާވެސް ފިނިވެ ހިތް ހުއްޓުނު ވަގުތެކެވެ.

ގޭތެރޭގައި ތިބިއްޔާ ތިބިހާ ބަޔަކު ކޮޓަރިން ނުކުމެގެން އެ ދިމާލަށް ދުއްވައިގަންނާނީ އޭނައަށް ކަމެއް ވީކަމަށް ހީކޮށެވެ. ރެއިނާ އޭނަ މަރުވގެން ނޫނީ އެހާ ހާސްވެފައި ތަންގަނޑު އެންމެން އެއްކޮށްލާހާ ބާރަށް ހަޅޭއްލަވައި ނުގަންނާނެތާއެވެ.

ނުނިމޭ

comment ކޮމެންޓް