ޖޯން އާއި ޖެކަލީންގެ "އެޓޭކް" ރިލީޒްކުރާނީ އޮގަސްޓް މަހު

ޖޯން އަބްރަހަމް---

ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ "އެޓޭކް" ރިލީޒްކުރާ ތާރީޚު ހާމަކޮށްފިއެވެ.

އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް މި ފިލްމު ތިއޭޓާތަކުގައި ޕްރިމިއާ ކުރާއިރު ފިލްމު ރިލީޒްކުރާނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. ފިލްމުގައި ޖޯން ފިރިހެން ލީޑު ރޯލުން ފެނިގެންދާނީ ބަތަލާ ޖެކަލީން ފާނަންޑޭޒް އާ ރަކުލް ޕްރީތެވެ.

"އެޓޭކް" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބަތަލާ ޖެކަލީން އާއި ބަތަލު ޖޯން ވަނީ މީގެ ކުރިން ވެސް ގިނަ ފަހަރެއްގެ މަތިން އެކުގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމަކީ ޖޯން ކޯ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެންދާނީ މެއި މަހު ރިލީޒްކުރާ "ސަތިޔަމޭވް ޖަޔަތޭ 2" އިންނެވެ. އެ ފިލްމަކީ މެއި މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ ފިލްމެކެވެ.

comment ކޮމެންޓް