އެސްޓީއޯއިން ވިއްކާ ޑީސެލްއާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފި

ޖެނުއަރީ 28، 2021: ހެންވޭރު ޕެޓްރޯލް ޝެޑުން ބަޔަކު ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއިން ވިއްކާ ޑީސެލްއާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން އަގުބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން ވިއްކާ ޑީސެލްއާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުުއްޓުމެއްނެތި އުފުލެމުން އަންނާތީ ކަމަށެވެ.

އަލަށް ގެނައި ބަދަލާއެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 8.71 ރުފިޔާއިން 9.19 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ކުރިން 8.07 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.44 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ މިއަދު (21 ފެބްރުއަރީ)އިން ފެށިގެން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗު 21 ވަނަ ދުވަހުގަ އެވެ. އެފަހަރު އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގުތައް އޭގެ ކުރިން ހުރި ވަރަށްވުރެ ކުޑަކޮށްފަ އެވެ.

comment ކޮމެންޓް