ދަރުބާރުގޭގައި މަސައްކަތްކުރާ ޓީމުން ހަ މީހުން ޕޮޒިޓިވްވެއްޖެ

އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު--

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހުންނަ ދަރުބާރުގޭގައި މަސައްކަތް ކުރާ ޓީމުން ހަ މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ދަރުބާރުގޭ ޓީމުން ހަ މީހުން ޕޮޒިޓިވްވެ، 29 ޑައިރެކްޓް ކޮންޓެކްޓުން ފާހަގަވެފައިވާ ކަމަށެވެ.

"އެ ފަރާތްތައް މިހާރު ވަނީ ކަރަންޓީން ކޮށްފައި. އަދި ދަރުބާރުގޭ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން." އަހްމަދު ނާސިރު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 18،612 މީހުން ކޮވިޑް19އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

އޭގެ ތެރެއިން 16،061 މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 2،484 އެވެ. އަދި އެ ބަލީގައި 60 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް