ރަންބީރު އާ ޝްރައްދާގެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު

ރަންބީރު އާ ޝްރައްދާ---

ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ރަންބީރު ކަޕޫރާ ޝްރައްދާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު އަންނަ އަހަރު ގެނެސްދޭ ގޮތަށް ނިންމައިފިއެވެ.

މި ފިލްމަކީ ޑައިރެކްޓަރު ލަވް ރަންޖަންގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ ފިލްމެކެވެ. ލަވް ރަންޖަންގެ ހޯމް ޓައުން ގާޒީއާބާދުގައި ފިލްމުގެ ޝޫޓިން ފަށާއިރު ފިލްމުގެ ބައެއް މަންޒަރުތައް ދިއްލީގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ނަން ހާމަނުކުރާ މި ފިލްމަކީ މީގެ އަހަރެއްހާ ދުވަސްކުރިން އިއުލާންކުރި ފިލްމެކެވެ.

ފިލްމުގައި ޝްރައްދާ ކުޅޭނީ ވެއިޓްރަސްއެއްގެ ރޯލެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މި އަހަރުގެ މާޗު މަހުގައެވެ. ނަމަވެސް ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގައެވެ.

ނަން ހާމަނުކުރާ މި ފިލްމަކީ ޝްރައްދާ އާ ރަންބީރު އެކުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ.

comment ކޮމެންޓް