ރަންވީރުގެ "83" ޖޫން މަހު ސިނަމާތަކަށް

83 ގެ ޕޯސްޓަރެއް---

ކައިވެނީގެ ފަހުން ބޮލީވުޑްގެ ކާމިޔާބު ޖޯޑު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމު "83" އަންނަ ޖޫން މަހު ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ފިލްމު އަޅުވަން މިހާރު ނިންމާފައިވާއިރު، އެންމެ ފުރަތަމަ ފިލްމު އަޅުވަން މަސައްކަތްކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ. ނަމަވެސް އޭރު ކޮވިޑް ޕެންޑަމިކް އާއި ގުޅިގެން ސިނަމާތަށް ބަންދުކުރުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހަށް ފިލްމު ފަސްކުރި އެވެ. މި ފިލްމު ހިންދީ، ތެލުގޫ، ތަމަޅަ، ކަންނަޑާ އަދި މަލަޔާލަމް ބަހުން ވެސް ރިލީޒްކުރާނެއެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ދީޕިކާ ކުޅޭނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ. ދެތަރިންގެ އިތުރުން "83"ގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ދިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރް ރާޖް ބާސިންއެވެ.

comment ކޮމެންޓް