ބޭޅިޔާގެ މަސައްކަތް ވަރުން ފަށައިފި

ކުޅަދާނަ އެކްޓަރު ވަރުން ދަވަން---

ކައިވެންޏަށް ފަހު ސްކްރީންކުރިމަތިން ފެނިގެންދާ ފުރަތަމަ ފިލްމު "ބޭޅީޔާ"ގެ އެންމެ ފަހުގެ ތައްޔާރީތައ ވަރުން ދަވަން ފަށައިފި އެވެ.

މިދިޔަ މަހު ވަރުން ކައިވެނިކުރިއިރު ވަރުން މިހާރު ވަނީ އެނބުރި މަސައްކަތުގެ މާހައުލަށް އައިސްފަ އެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ޝޫޓިން ފެށުމުގެ ކުރިން ވަރުން ވޯކްޝޮޕްތަކުގައިވެސް ބައިވެރިވާންޖެހެ އެވެ.

ބޭޅިޔާ އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް އަމަރު ކޯޝިކް ޑައިރެކްޓްކުރާ ބިރުވެރި ކޮމެޑީއެކެވެ. މި ފިލްމުގައި ވަރުން އާއެކު އަންހެން ލީޑު ރޯލުން ފެނިގެންދާނީ ކްރިތީ ސެނަން އެވެ.

ކްރިތީ އާއި ވަރުން އެންމެ ފުރަތަމަ ސްކްރީނުން އެކުގައި ފެނުނު ފިލްމަކީ 2015 ވަނަ އަހަރު ނުކުތް "ދިލްވާލޭ" އެވެ. އެ ފިލްމުގައި ކާޖޮލް އާއި ޝާހްރުކްވެސް ހަރަކާތްތެރިވި އެވެ. އެ ފިލްމު ބެލުމަށްފަހު ވަރުން އާއި ކްރިތީ ގެ ޖޯޑު ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

comment ކޮމެންޓް