ފައިނުން ގެއްލުނު ފަސް އަހަރުގެ ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ

ރ. ފައިނުގެ ގޮނޑުދޮށް --- ފޮޓޯ: ސޯޝަލް މީޑިއާ

ރ. ފައިނުން ގެއްލުނު އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖަކު މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު "ސަން" އަށް ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނުނީ 5:45 އެހައިކަންހާއިރު ކަމަށެވެ.

"އެ ކުއްޖާ ގެއްލިގެން އެކަން ކައުންސިލްގެ ސަމާލުކަމަށް އައީ މިއަދު ހަވީރު 5:15 އެހައިކަންހާއިރު. ރަށުގެ ރައްޔިތުން ވަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައި. އެގޮތުން އެ ކުއްޖާ ހޯދުމަށްޓަކައި ފީނައިގެން މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ މޫދުގެ ދެ ފޫޓު އަޑިން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެ ކުއްޖާ މަރުވިކަން ޑޮކްޓަރު ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުންނާއި ޑޮކްޓަރުންގެ އިތުރު ޓީމެއް މިހާރު ވަނީ ފައިނަށް ގޮސްފަ އެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ ކިހިނެއް ކަމާއި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް