ބ. އަތޮޅު ކައުންސިލަރަކަށް ގެނބިގެން ފަރުވާ ދެނީ

ބ. އޭދަފުށި -- ފޮޓޯ/ އޭދަފުށީ ޓައިމްސް

ބ. އަތޮޅު ކައުންސިލް މެންބަރު ފާތުމަތު ޝިފާނާއަށް ގެނބިގެން ފަރުވާދޭން ފަށައިފި އެވެ.

ބ. ދޮންފަނު ކައުންސިލް މެމްބަރަކު "ސަން"އަށް ވިދާޅުވީ، ޝިފާނާއަށް އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

"ހަވީރު 5:00އާއި 5:30ހާއިރު މޫދަށް އެރި އުޅުމުގެ ތެރޭގައި އަކުނިވަޔަށް ދަމައިގެން ގެބުނީ. މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ، ހާލު މިހާރު އަންނަނީ ރަނގަޅުވަމުން،" އާއިލާގެ މެމްބަރަކާ ހަވާލާދީ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ބ. ދޮންފަންނަށް ނިސްބަތްވާ ޝިފާނާ ދިރިއުޅެމުން އަންނަނީ ވެރި ރަށް އޭދަފުށީގައި އެވެ. އޭނާއަކީ، ބ. އަތޮޅު ކައުންސިލްގެ ހަމައެކަނި އަންހެން ކައުންސިލަރެވެ.

comment ކޮމެންޓް