އެޕަލްގެ ސިރިންޖް އިމޯޖީ ކޮވިޑް ވެކްސިނާ އެކަށޭނަ ގޮތަކަށް ބަދަލުކޮށްފި

ކުރީގެ އިމޯޖީ (ވ) އަދި ފަހުގެ އިމޯޖީ (ކ) --ފޮޓޯ:ބީބީސީ

ކޮވިޑް19ގެ ވެކްސިނަށް ތަރުހީބުދީ އަދި ގިނަ ބަޔަކު ވެކްސިން ޖެހުމަށް ހިތްވަރުދިނުމުގެ ގޮތުން އެޕަލް އިން ބޭނުންކުރާ ސިރިންޖް އިމޯޖީ ކޮވިޑް ވެކްސިންއަށް ބަދަލުކޮށްފި އެވެ.

ކުރީން ބޭނުންކުރި އިމޯޖީގައި ފެންނަނީ ރަތްކުލައިގެ ލެ އެވެ. އަދި މިއީ ކޮންމެވެސް ވަރަކަށް ލޭ ހަދިޔާކުރުމާއި ގުޅިވިފައިވާ އިމޯޖީއެއްކަމަށްވާއިރު ފަހުން ތައާރަފްކުރި މި އިމޯޖީގައި ފެންނަނީ ސިރިންޖެއް އެކަންޏެވެ.

އިމޯޖިޕީޑިއާ އިން ބުނާގޮތުން އެއްވެސް އެއްޗެއް ނެތް ހުސް ސިރިންޖެއް މިހެން ފެންނަން ހުރުމުން، ކޮވިޑް19ގެ ވެކްސިނޭޝަންގެ އެކި ބޭނުންތަކަށްް މާ އެކަށީގެންވާ ބޭނުމެއް މިއިން ކުރެވޭނެ އެވެ.

މި ޑިޒައިން އެޕަލް އިން ދައްކާލަފައިވަނީ އަންގާރަ ދުވަހު އެވެ. ކުރީގެ ޑިޒައިންގައި ސިރިންޖާއި އެކު ލޭ ހުރުމުން ގިނަބަޔަކަށް ވެކްސިން ޖެހުމުން ލޭއައިސް، މާބޮޑަށް ތަދުވެދާނެ ކަމަށް ހީވެފައި އޮންނަ ހީވުންތަކުންވެސް ދުރުކޮށްދޭނެކަަމަށް ރިޕޯޓްތައް ބުނެ އެވެ.

މި އިމޯޖީ ބޭނުންކުރެވެނީ އައިއޯއެސް 14.5 ބީޓާއާއި އެކުގަ އެވެ. އަދި މި ވާޝަންގައި ޖުމްލަ 200 އެއްހާ އާ އިމޯޖީސް ވަނީ ތައާރަފް ކޮށްފަ އެވެ. މީގެ ތެރޭގައި "ހާޓް އޮން ފަޔަރ" އިމޯޖީއަކާއި، އެކި ކުލައަށް ނިސްބަތްވާ ނަސްލުތަކުގެ ޖޯޑާއި، އަދި ތުނބުޅިވެސް ހިމެނެ އެވެ.

comment ކޮމެންޓް